ރާއްޖޭގެ ޚަބަރު އަސްކަރީ ދާއިރާއިން ގުޅިގެން ތަމްރީނުތައް ހިންގުމަށް ރާއްޖެއާއި އޮސްޓްރޭލިޔާއިން މަޝްވަރާ ކޮށްފި

އަސްކަރީ ދާއިރާއިން ގުޅިގެން ތަމްރީނުތައް ހިންގުމަށް ރާއްޖެއާއި އޮސްޓްރޭލިޔާއިން މަޝްވަރާ ކޮށްފި

އަސްކަރީ ދާއިރާއިން ގުޅިގެން ތަމްރީނުތައް ހިންގުމަށް ރާއްޖެއާއި އޮސްޓްރޭލިޔާއިން މަޝްވަރާ ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަސްކަރީ ދާއިރާއިން ގުޅުން ބަދަހި ކުރުމާއި އެކު ގުޅިގެން ތަމްރީނުތައް ހިންގުމަށް ރާއްޖެއާއި އޮސްޓްރޭލިޔާއިން މަޝްވަރާ ކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައި ވަނީ އޮސްޓްރޭލިއަން ނޭވީ ޝިޕް "އެޗްއެމްއޭއެސް ޑާރވިން" (ހާރ މެޖެސްޓީސް އޮސްޓްރޭލިއަން ޝިޕް) އިން ގަލްފް ސަރަހައްދުގައި ސެކިއުރިޓީ ބެލެހެއްޓުމުގެ އޮޕަރޭޝަނެއް ހިންގުމަށްފަހު އެނބުރި ޤައުމަށް ދިޔަމަގުމަތީގައި ރާއްޖެއަށް މަޑުކުރުމުން މި މަނަވަރުގެ ކޮމާންޑަރ، ޓީ.އެމް.މޮރިސަން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްއާއި އެކު ބޭއްވި ބައްދަލު ވުމެއްގަ އެވެ.
ބަންޑާރަކޮށީގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި އަސްކަރީ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގާނެ ތަމްރީނުތަކާއި ބެހޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.
"އެޗްއެމްއޭއެސް ޑާރވިން" ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.