ވާހަކަ ރޯދަ ހިފާ ވަގު

ރޯދަ ހިފާ ވަގު

ރޯދަ ހިފާ ވަގު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަބޫ ބަކްރު ޝިބްލީ ވިދާޅުވިއެވެ. އެއްފަހަރަކު، އިތުރު ދަތުރުވެރިންތަކަކާއިއެކު ސީރިޔާއަށް ދަތުރުކުރީމެވެ. ދިޔަ މަގުމަތީގައި މަގުފޭރޭ ބަޔަކު އައިސް އަހަރެމެންގެ މުދާތައް ފޭރިގަތެވެ. އެމީހުން އަހަރެމެންގެ ހުރިހާ މުދަލެއް ނެގުމަށްފަހު، އެމީހުންގެ ބޮޑުމީހާގެ ކުރިމަތީގައި ބެހެއްޓިއެވެ. އެމުދާތަކުގެ ތެރޭގައި ހަކުރާއި އަލްމަންޑް ހުއްޓެވެ. އެ ވަގުންތައް އެތަކެތި ކާން ފެށިއެވެ. ނަމަވެސް އެމީހުންގެ ބޮޑު މީހާ އެމީހުންނާ ބައިވެރިއެއް ނުވެއެވެ.

އަހަރެންނަށް އެމަންޒަރު ފެނުމުން، އޭނާ ގާތު އެހީމެވެ. "އެމީހުން ކާއިރު ކަލޭ ނުކަނީ ކީއްވެ ހެއްޔެވެ؟"

އޭނާ ބުންޏެވެ. "އަހަރެން މިހުރީ ރޯދައަށެވެ."

ޙައިރާން ކަމާއިއެކު އަހަރެން އެހީމެވެ. "ކަލޭ މީހުން އަތުން ވައްކަންކުރާ އިރު، ރޯދަ ހިފަނީ ކޮން ފަދައަކުން ހެއްޔެވެ؟"

އޭނާ ޖަވާބުގައި ބުންޏެވެ. "(ކުރެވޭ ގޯސްކަމަކުން) ސަލާމަތްވެވޭނެ ދޮރުތައް ހިފެހެއްޓުމަށް ކޮންމެވެސް ކަމެއް ކުރަން ޖެހޭނެއެވެ."

އޭގެ ދުވަސްކޮޅެއް ފަހުން، ހަމަ އެއްކަލަ މީހާ އިޙްރާމް އަޅައިގެން ޠަވާފްކުރަނިކޮށް ފެނުނެވެ. އޭނާގެ މޫނުމަތިވަނީ އުޖާލާވެފައެވެ. އަދި އަޅުކަމުގެ ސަބަބުން އޭނާވަނީ ބަލިކަށިވެފައެވެ. އަހަރެންނަށް ލިބުނު ޙައިރާންކަމުގައި އަހާލީމެވެ. "ތިޔައީ ހަމަ އެމީހާ ހެއްޔެވެ؟"

އޭނާ ޖަވާބު ދިނެވެ. "އާއެކެވެ. އަދި ބުނަން ހެއްޔެވެ؟ އެ ރޯދައިގެ ސަބަބުން ﷲ ގެ ޙަޟްރަތުގައި، (އެ ފާފަތަކުން) ސަލާމަތްވުމަށް މެދުވެރިވިއެވެ."

ޓެގް

ވާހަކަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.