ރާއްޖޭގެ ޚަބަރު ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ބާއްވާ 3 ވަނަ ޢަޤީދާވޯކްޝޮޕްގެ ތަޢާރަފް ބައްދަލުވުން ބާއްވައިފި

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ބާއްވާ 3 ވަނަ ޢަޤީދާވޯކްޝޮޕްގެ ތަޢާރަފް ބައްދަލުވުން ބާއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަހްސަން

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިމަހުގެ 28 ، 29 ވަނަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 3 ވަނަ ޢަޤީދާވޯކްޝޮޕްގެ ތަޢާރަފް ބައްދަލުވުން ބާއްވައިފިއެވެ.

27 ވަނަ ދުވަހުގެ ރޭ ސޯޝަލްސެންޓަރ ސެމިނާރޫމްގައި އޮތް ބައްދަލުވުމުގައި ވޯކްޝޮޕްގައި ކިޔަވައިދެއްވާ ޝައިޚުން ކޯހާއިބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ޝައިޚް ޙަސަންމޫސާ ފިކުރީ ކޯސް ކުރިއަށްގެންދިއުމަށް ރާވާފައިވާ ގޮތާއިގުޅޭގޮތުން ވަރަށް ތަފްޞީލުކޮށް ވާހަކަފުޅުދެއްކެވިއެވެ. މި ބައްދަލުވުމުގައި ޚާއްޞަ މެހެމާނެއްގެ ގޮތުން މިހާރު މަދީނާ ޔުނިވަރސިޓީއިން ތަޢުލީމު ޙާޞިލުކުރައްވަމުންގެންދަވާ އަލްއަޚް މުޙައްމަދު ޝަމްޢޫނުވެސް ވާހަކަފުޅު ދެއްކެވިއެވެ. ޝަމްޢޫނުގެ ވާހަކަފުޅުގައި ޢިލްމުގެ މާތްކަމާއި ޢިލްމު އުނގެނުމުގެ މުހިއްމުކަމާއި ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ބާއްވާ 3 ވަނަ ޢަޤީދާވޯކްޝޮޕްގެ އަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

ޓެގް

ސަލަފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.