“އުއްމަތަށްޓަކައި ކަރުނައެއް – 2″ ނަމުގައި ޝައިޚް ޝަމީމްގެ ވަރަށް ޙާއްސަ ދަރުސެއް ބާއްވައިފިއެވެ.
އިސްލާމީ އުއްމަތުގެ މިއަދުގެ ޙާލަތާއި އަދި ވަކިން ޙާއްސަކޮށް ސޫރިޔާގައި ހާލުގައި ޖެހިފައިވާ މުސްލިމް އަޚުންނާއި އުޚްތުންގެ ހާލަތު ބަޔާންކޮށްދިނުމުގެ ގޮތުން ބޭއްވި މި ދަރުސް ބާއްވާފައިވަނީ ބުދަ ދިވަހުގެރޭ ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުގައެވެ.
މިދަރުސްގައި ޝައިޚް ޝަމީމް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ދާދި ފަހުން ސޫރިޔާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށްޓަކައި ކުރެއްވި ދަތުރުގެ ތަޖުރިބާތައް ހިއްސާ ކުރައްވާފަވެއެވެ. އެގޮތުން ޝައިޚް ވިދާޅުވީ ސޫރިޔާގެ ރައްޔިތުންނަށްޓަކައި ދިވެހިރާއްޖޭގެ ރައްޔިތުން ވެދިން އެހީތެރިކަމަކީ ވަރަށް ބޮޑު ހެޔޮކަމެއް ކަމަށާއި އެއީ ވަރަށް ބޮޑު އަމަލެއްކަމުގައި ފަންޑު ރައްދުވީ ސޫރިޔާގެ މުސްލިމް ރައްޔިތުން ދެކޭކަމަށެވެ.
މިދަރުސްގައިވަނީ ސޫރިޔާގެ ރެފިއުޖީ ކޭމްޕތަކުގެ މިހާރުގެ ހާލަތު ދައްކުވައިދޭ ވީޑިއޯ ޕްރެސެންޓޭޝަނެއްވެސް ދައްކާފައެވެ.
“އުއްމަތަށްޓަކައި ކަރުނައެއް” ނަމުގައި ޝައިޚް ޝަމީމްވަނީ މީގެ ކުރިންވެސް ވަރަށް އަސަރުގަދަ ދަރުސެއް ދެއްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...