އިޒްރާއީލުން ފަލަސްތީނުގެ ބިންތަކުން މީހުންނެރެ އާބާދު ކުރަމުންދާ ޔަހޫދީ ގެތަކާއި ދެކޮޅަށް އެތައްސަތޭކަ ބަޔަކު ނުރުހުން ފާޅުކޮށްފިއެވެ.
ވެސްޓްބޭންކުގެ އަރީހާ ކިޔުނު އަވަށުގެ ކައިރީގައިވާ ގެތަކެއް ( އެ ގެތަކުގެ އަހުލުވެރިން ގަދަކަމުން ނެރެލުމުގެ ސަބަބުން ފަޅުވެފައިވާ ގެތަކެއް ) ގެ ތެރެއަށް ވަދެ ތިބެ ނުރުހުން ފާޅުކުރަމުން ގެންދިޔައީ ޔަހޫދީން ބައިނަލް އަގްވާމީ ގާނޫނުތަކާއި ޚިލާފަށް ހިފައިފައިވާ ބިންތަކުގައި ވަޒަންވެރި ކުރުވަމުންދާ ޔަހޫދީންގެ އާބާދީތައް ހުއްޓުމަކަށް ނުގެންނާނެކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަން ޔާހޫ ތަކުރާރުކޮށް ބުނަމުންދާތީކަމަށް ނޫސް ރިޕޯޓްތައް ބުނެއެވެ.
މުޒާހަރާގެ ބައިވެރިން އެސަރަހައްދަށް އައީ ކާރާއި ބަހުގައި ކަމަށާއި އަދި " އާބާދުކުރަމުން ސުލްހައެއް ނުހޯދޭނެކަމަށް " ލިޔެފައިވާ ފޮތިގަނޑެއްވެސް ގެންގުޅުނުކަމަށް އަލްޖަޒީރާ ބުނެއެވެ. އަދި ކަރަންޓް ޖަނަރޭޓަރުވެސް މުޒާހަރާގެ ބައިވެރިން ގެންގުޅުނުތަން ފެނިފައިވާކަމަށާއި، ބެލެވޭގޮތުން ރޭގަނޑުވެސް އިހްތިޖާޖްތައް ކުރިޔަށް ދާނެކަމަށް ނޫސްތަކުން ބުނެއެވެ.
އިޒްރާއީލުގެ ފުލުހުންނާއި ސިފައިންވެސް މުޒާހަރާކުރާ މީހުން ތިބި ސަރަހައްދައް ވަނީ ޖަމާވެފައެވެ. ނަމަވެސް މުޒާހަރާ ރޫޅާލުމުގެ އެއްވެސް ފިޔަވަޅެއް އަދި މި ވަގުތަށް އަޅާފައެއް ނުވެއެވެ.
މިދިޔަ އަހަރުގެ މާޗް މަހު އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިޒްރާއީލަށް ވަޑައިގަތް ދުވަސްވަރާއި ދިމާކޮށް 200ވަރަކަށް ފަލަސްތީނުގެ އެކްޓިވިސްޓުން އިޒްރާއީލުން ގެތައް އާބާދުކުރަމުން ދިޔަ ސަރަހައްދެއްގައި އިހްތިޖާޖްކޮށްފައިވެއެވެ. އެތައް ދުވަހެއްގެ މުޒާހަރާއަށް ފަހު އިޒްރާއީލުގެ ސިފައިން ވަނީ އެ ސަރަހައްދުން އެކްޓިވިސްޓުންތައް ފޮނުވާލާފައެވެ.
އދ އިން ފަލަސްތީނަށް ކަނޑައަޅުއްވާފއި ހުންނަވާ އިންސާނީ ހައްގުތަކާއިބެހޭ ކޯޑިނޭޓަރުވެސް ވަނީ އިޒްރާއީލުން 36ގެއެއް ހަލާކުކޮށްލާފައިވާތީ އެކަން ކުށްވެރިކޮށް މިފަދަ އަމަލުތައް ހުއްޓާލުމަށް ގޮވާލައިފައެވެ. އޭގެ ސަބަބުން 66 މީހަކު ގެދޮރު ނެތިފައިވާކަމަށާއި އޭގެތެރޭގައި 36 ކުޑަކުދިން ހިމެނޭކަމަށް ޖޭމްސް ރައުލީ ނެރުއްވި ބަޔާނެއްގައި ވެއެވެ.
" އަޅުގަނޑު ވަރަށް ކަންބޮޑުވޭ މިހާރު މި ހިނަގަމުންދާ ކަންތައްތަކާއި ފަލަސްތީނުގެ ގެތަކުން މީހުން ނެރުމާއި މެދު.. ޖޯޑަން ވެލީގައި ހަލާކުކޮށްލެވިފައިވާ ގެތަކުގެ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު ދެގުނައަށް އިތުރު" އޭނާ ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...