ޖަމިއްޔަތުއް ސަލަފްއާއި ގުޅިގެން މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޝައިޚް ވަލީދް ޢަބްދުލް ޙަކީމްގެ ދަރުސެއް ފުވައްމުލަކުގައި ބާއްވައިފިއެވެ.
ފުވައްމުލަކު ގާރޑިއަން އެސޯސިއޭޝަންއިން އިންތިޒާމްކޮށްގެން ބޭއްވި މިދަރުސްއޮތީ ފުވައްމުލަކު އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލްގައެވެ. ރޭގަނޑު 8:45 ގައި ފެށި މިދަރުސައް ގިނަ އަދަދެއްގެ ބަޔަކު ހާޟިރުވެފައިވެއެވެ.
ޝައިޚް ވަލީދުގެ ދަރުސްގެ އިތުރުން މިއަދު ޏ އަތޮޅު މަދަރުސަގެ ދަރިވަރުންނަށާއި ޏ އަތޮޅު ރިހެބިލިޓޭޝަން ސެންޓަރުގައިވެސް ޝައިޚްގެ ޢިލްމީ ކްލާސްތަކެއް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ޝައިޚް ވަލީދު ރާއްޖެ ވަޑައިގަތީ ހުކުރުދުވަހުއެވެ. އަދި ހުކުރު ދުވަހުގެރޭ ވިލިމާލޭގައިވަނީ ޝައިޚްގެ ދަރުސެއް ބާއްވާފައެވެ
ކޮމެންޓް (0)
ލޯޑް ކުރަމުން...