މަރަށް މަރު ހިފަންޖެހޭ މިހާ ނުމަރާ ދޫކޮށްލުމަށްވުރެ، އިންޖެކްޝަން ބޭނުންކޮށްގެންވެސް އޭނާ މަރައިފި ކަމުގައިވާނަމަ ޤިޞާސް ހިފުމުގެ ޙުކުމްގެ އަސްލު ހިފެހެއްޓޭނެކަމަށް އައްޝައިޚް އާދަމް ނިޝާން ބިން އަލީ އާދަމް ވިދާޅުވެއްޖެއެވެ.
ޝައިޚް ނިޝާން އެމަނިކުފާނުގެ ފޭސްބުކް ޕޭޖްގައި ލިޔުއްވާފަވަނީ އިންޖެކްޝަން ޖަހައިގެން މަރަށް މަރު ހިފުމަކީ އެމަނިކުފާނުވެސް ތާއީދު ކުރައްވާކަމެއް ނޫންކަމަށާއި ކަނޑިން ޖަހައިގެން މަރުގެ ޙުކުމް ތަންފީޒް ކުރުމަކީ ޝަރުޢީ ގޮތުން އެންމެ ރަނގަޅު ގޮތްކަމަށެވެ. އެހެން ނަމަވެސް އިސްލާމީ ޝަރީޢަތުގައި މަރަށް މަރު ހިފޭނީ ހަމައެކަނި ކަނޑިން ޖަހައިގެންކަން ބަޔާންކޮށްފައި ނުވާ ކަމަށް ޝައިޚް ލިޔުއްވާފަވެއެވެ. އަދި އޭގައި ބަލާ މިންގަނޑަކީ މީހާއަށް ވީހާވެސް ވޭންކުޑަ އަދި އަވަހަށް ފުރާނަ ދާނެ ގޮތަކަށް އެކަން ކުރުމަށް ކަމަށެވެ.
ޝައިޚް އިތުރަށް ލިޔުއްވާފަވަނީ ކަނޑިން ޖަހައިގެން މަރަށް މަރު ނުހިފާ، އިންޖެކްޝަން ޖަހައިގެން އެކަންނުކުރެވޭނެކަމަށް މިދަނޑިވަޅުގައި ވަކާލާތުކުރުމަކީ ޤިޞާސްގެ ޙުކުމް ނުކުރުމަށް ކުރެވޭ ވަކާލާތަކަށް ނޫނީ ނުވާނެ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...