ރ.އިނގުރައިދޫ ކައުންސިލްގެ އަޣުލަބިއްޔަތު އަދާލަތު ޕާޓީއަށް ލިބިއްޖެއެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިނގުރައިދޫ ދާއިރާގެ އެންމެ ބޮޑު އާބާދީއެއް އޮންނަ އިނގުރައިދޫގެ ކައުންސިލްގެ 3 ގޮނޑިއެއްވަނީ އަދާލަތުން ކާމިޔާބުކޮށްފައެވެ.
ވޯޓުލުމުގެ އާބާދީގައި 1200 އަށްވުރެ ގިނަ މީހުންތިބި އިނގުރައިދޫއިން އަދާލަތު ޓިކެޓްގައި ވާދަކޮށްފައިވަނީވެސް 3 ބޭފުޅުންނެވެ.
އަދާލަތު ޕާޓީއިން އިނގުރައިދޫ ކައުންސިލްގެ 3 ގޮނޑި ކާމިޔާބު ކުރިއިރު، ޕީޕީއެމްއަށް އެއްވެސް ގޮނޑިއެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އަދި ސަރުކާރު ހިންގާ ކޯލިޝަންގެ % 33 ހިއްސާކުރާ ޖުމްހޫރީ ޕާޓީއިންވަނީ 3 ގޮނޑިއަށް ވާދަކޮށް 1 ގޮނޑި ކާމިޔާބު ކޮށްފައެވެ. އަދި ވާދަވެރި އެމްޑީޕީއިންވަނީ 5 ގޮނޑިއަށް ވާދަކޮށް 1 ގޮނޑި ކާމިޔާބު ކޮށްފައެވެ.
އިނގުރައިދޫ ކައުންސިލްގެ އަޣުލަބިއްޔަތު އަދާލަތުން ކާމިޔާބުުކުރިއިރު، އިނގުރައިދޫ ދާއިރާގައި ހިމެނޭ ކިނޮޅަހުގެ ކައުންސިލްގެ އަޣުލަބިއްޔަތުވެސް ވަނީ ޢަދާލަތުން ކާމިޔާބު ކޮށްފައެވެ.
މިކާމިޔާބާ ގުޅޭގޮތުން އަދާލަތު ޕާޓިގެ ތަރުޖަމާނު އަދި އިނގުރައިދޫ ދާއިރާއަށް ރައްޔިތުންގެ މަޖްލިސް އިންތިހާބުގައި އަދާލަތުން ވާދަކުރައްވާނެކަމަށް އިޢުލާން ކުރައްވާ މިހާޜުވެސް ކެމްޕެއިން ކުރައްވަމުން ގެންދަވާ އުސްތާޛު އަލީ ޒާހިރު ވިދާޅުވީ މީ ވަރަށްވެސް އުފާވެރި ކާމިޔާބެއް ކަމަށާއި މިކަމުން އެނގިގެންދަނީ ދާއިރާގެ ރައްޔިތުންގެ ތާއީދު އަދާލަތު ޕާޓީއަށް އޮތްކަމެވެ. އަދި މިކާމިޔާބީ ހާސިލްކުރުމުގައި ހީވާގިކަމާއެކު މަސައްކަތް ކުރެއްވި ދާއިރާގެ ރައްޔިތުންނަށް ޝުކުރު ދަންނަވާކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...