އެމެރިކާގެ ޑްރޯން މަތިންދާ ބޯޓުތަކުން ދިން ޙަމަލާއެއްގައި އަފްޣާނިސްތާނުން 5 މީހުން މަރުވެއްޖެ އެވެ.
އަފްޣާނިސްތާނުގެ އިރުމަތީގައި އޮންނަ ކުނާރު ޕްރޮވިންސް އަށް އިއްޔެ ހެނދުނު ދިން ޙަމަލާތަކުގައި މަރުވެފައިވަނީ ޢާއްމުންގެ ފަސް މީހުންކަމަށް ބައެއް ޚަބަރުތައް ބުނާއިރު އަނެއްބައި ޚަބަރުތައް ބުނަނީ މަރުވި ފަސް މީހުންނަކީ ހަނގުރާމަވެރިންކަމަށެވެ.
ޑްރޯން ހަމަލާގައި 5 މީހުން މަރުވެފައިވާއިރު، އެމެރިކާގެ ޑްރޯން މަތިންދާ ބޯޓުތަކުން ފާއިތުވީ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އަފްޣާނިސްތާނުގެ ހެލްމަންދު ޕްރޮވިންސަށް ބޮން އެޅުމުގެ ސަބަބުން ކުޑަކުދިންތަކެއްވަނީ މަރުވެފައިވެއެވެ.
ޑިމޮކްރަސީ ނަމުގައި އެމެރިކާއިން އަފްޣާނިސްތާނަށްއަރާ، ޑްރޯން މަތިންދާ ބޯޓުތަކުން ކޮންމެ ދުވަހަކު ދެމުންގެންދާ ޙަމަލާތަކުގައި ޢާއްމުންގެ އެތައް ބަޔަކު ދަނީ މަރުވަމުންނެވެ. މިކަމުގެ ސަބަބުން އަފްޣާން ސަރުކާރާއި އެމެރިކާ ސަރުކާރުގެ ގުޅުން ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...