ދިއިސްލާމް ރައްޔިތުންގެ މަޖްލިސް އިންތިހާބުގައި މިޕާޓީގެ ފަރާތުން ވާދަކުރާނީ ޢިލްމީ ބޭފުޅުން : ޢަދާލަތު

ރައްޔިތުންގެ މަޖްލިސް އިންތިހާބުގައި މިޕާޓީގެ ފަރާތުން ވާދަކުރާނީ ޢިލްމީ ބޭފުޅުން : ޢަދާލަތު

ރައްޔިތުންގެ މަޖްލިސް އިންތިހާބުގައި މިޕާޓީގެ ފަރާތުން ވާދަކުރާނީ ޢިލްމީ ބޭފުޅުން : ޢަދާލަތު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

2014 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖްލިސް އިންތިޚާބުގައި ޢަދާލަތު ޕާޓީގެ ފަރާތުން ވާދަކުރާނީ ޢީލްމީ ޤާބިލް ބޭފުޅުން ކަމަށް އެޕާޓީން ބުނެފިއެވެ.

ޢަދާލަތު ޕާޓީން ބުނީ ކުރިއަށްއޮތް ރައްޔިތުންގެ މަޖްލިސް އިންތިޚާބުގައި އެޕާޓީން ކުރިމަތިލާ ދާއިރާ ތަކުން ވާދަކުރަން ނިކުންނަ ކެންޑިޑޭޓުންނަކީ ޢިލްމީ، އެކަމަށް ޤާބިލް ބޭފުޅުން ކަމަށާއި އޭގެތެރޭގައި ބެޗްލާސް ޑިގްރީއާއި މާސްޓަސް ޑިގްރީއާއި ޕީއެޗްޑީ ފެންވަރުގެ ބޭފުޅުން ހިމެނޭ ކަމަށެވެ.

މި އިންތިޚާބުގައި ޢަދާލަތުގެ ފަރާތުން ޝަރުޢީ އަދި ޤާނޫނީ ދާއިރާއިން ކިޔަވާ ވިދާޅުވެގެން ތިއްބެވި ބޭފުޅުންނާއި، ސިވިކް އެޑިއުކޭޝަން ފަދަ ދާއިރާތަކުން ސްޕެޝަލައިޒްޑް ވެފައިވާ ބޭފުޅުން ވާދައްކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެޕާޓީން ހާމަކުރެއެވެ.

ރައްޔިތުންގެ މަޖްލިސް އިންތިޚާބުގައި އަދާލަތުން 32 ގޮނޑިއަކަށް ވާދަކުރާނެކަން ހާމަކޮށްފައިވާއިރު، މިއީ މިހާތަނަށް ދިވެހިރާއްޖޭގެ ތާރީޚްގައި އެއްޕާޓީއަކުން އެންމެ ގިނަ ތަޢުލީމީ ބޭފުޅުން އިންތިޚާބެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.