ދިއިސްލާމް އެހީ ޖަމިއްޔާއަށް އެހީއަށް އެދި ފޯރމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އެހީ ޖަމިއްޔާއަށް އެހީއަށް އެދި ފޯރމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އެހީ ޖަމިއްޔާއަށް އެހީއަށް އެދި ފޯރމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެހީ ޖަމިއްޔާއަށް އެހީއަށް އެދި ފޯރމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިއިސްލާމްއަށް މައުލޫމާތު ދެއްވަމުން އެހީ ޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވީ އެހީ ޖަމިއްޔާގެ އޮފީހުން އެހީއަށް އެދި ފޯރމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެހިއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 100 ފަރާތަކަށް އެހީ ހޯދައިދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިފަހަރުގެ ތަޖުރިބާއަށް ބަލާފަ ރަނގަޅު ކުރަން ޖެހޭ ކަމެއް ހުރިނަމަ، ރަނގަޅު ކުރުމަށް ފަހު އިތުރަށް ފޯރމް ދޫކުރަން ފަށާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އެހީ ޖަމިއްޔާއިން ހާމަކުރާ ގޮތުގައި އެހީއަށް އެދި ފޯރމް ހުށަހެޅޭނީ ފަޤީރުންނާއި މިސްކީނުންނަށް ކަމަށާއި ބޭސްފަރުވާ ކުރުމަށް، ދަރަނިއަދާ ކުރުން އަދި ކިޔެވުން ފަދަ ކަންކަމަށް އެހީއަށް އެދި ފޯރމް ހުށަހެޅިދާނެ ކަމަށެވެ. އެގޮތުން އެހީއަށް އެދި ފޯރމް ހުށަހަޅާ ފަރާތްތައް އެހީ ޖަމިއްޔާގެ ކޮމިޓިއަކުން ދިރާސާކޮށް އެމީހަކީ ފަގީރެއް ނުވަތަ މިސްކީނެއްތޯ އެޖަމިއްޔާއިން ބަލާ ޔަޤީން ކުރާނެކަމަށެވެ. އަދި އެއަށްފަހު އެފަރާތަކަށް އެހީވާން ބޭނުންވާ ފަރާތަކަށް އެހީތެރިވުމުގެ ފުރުޞަތު ހުޅުވާލާނެ ކަމަށް އެހީ ޖަމިއްޔާއިން ހާމަކުރެއެވެ.

އެހީއަށް އެދި ހުށަހަޅާ ފޯރމް އެހީ ޖަމިއްޔާގެ އޮފީސް. ހ.ގޯލްޑް ވިލެޖްގެ ފުރަތަމަ ފަންގިފިލާއިން ލިބެން ހުންނާނެ ކަމަށާއި ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން 12:00 އަށް އަދި މެންދުރުފަހު 01:00 އިން 03:00 އަށް އޮފީސް ހުޅުވިފައި ހުންނާނެކަމަށް އެހީ ޖަމިއްޔާއިން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.