ރިޕޯޓް މުސްލިމުންނަށް އަނިޔާވެރިވުމަށްފަހު މުސްލިމުންނަށް އެހީވާން އިޒްރޭލުން؟

މުސްލިމުންނަށް އަނިޔާވެރިވުމަށްފަހު މުސްލިމުންނަށް އެހީވާން އިޒްރޭލުން؟

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން އިހްސާން

ތުނބުޅި ނެތް ޝެއިހް އަކާއި ދައްކަމުން ދިޔަ ވާހަކައެއްގެ ތެރެއިން ‘އިޒްރޭލުގެ ޒަޔަނިސްޓުން’ގެ މައުލޫ ފެށިގެން ދިޔައީ ރާއްޖެއަށް އިޒްރޭލުގެ ޑޮކްޓަރުންތަކެއް އައިސްގެން އުޅޭ ވާހަކައިންނެވެ. އެޝެއިހްގެ ވާހަކައިގައި “އިޒްރޭލުގެ މީހުންނަކީވެސް އިންސާނުންކަމަށާއި އިޒްރޭލުގެ ޑޮކްޓަރުންނަށް ‘ނޫނެކޭ’ ބުނާ ސަބަބަކީ އެމީހުން ފަލަސްތީނުގެ ރައްޔިތުންނަށް ހިތުހުރިހާ ގޮތެއް ހަދާފައި އައިސް މިޤައުމަށް ހެޔޮ އެދޭނެކަން ގަބޫލުނުކުރެވޭތީއެވެ. އަދި އެމީހުންގެ މަޤްސަދަކީ އެމީހުންގެ އަނިޔާވެރިކަން ފޮރުވާ ދިވެހިންނަށް އެހީވެ އިޒްރޭލާއި މެދު ދިވެހިންގެ ހިތުގައި އޮތް ނަފްރަތު ލޯތްބަށް ބަދަލު ކުރުން ކަމުގައެވެ. އަދި މީގެ އިތުރުން މިކަމުގައި ދިވެހި ސަރުކާރުން އެއްބާރުލުން ދޭކަމީވެސް ހިތާމަ ހުރި ކަމެއް”ކަމުގައި މާޔޫސްވެހުރެ ޝެއިހް ބުނެ އިސްދަށަށް ޖަހާލިއެވެ.

‘ޒަޔަނިސްޓުން’ ނަކީ އަދި ޔަހޫދީންނާއި މުޅިން ދެބަޔެކެވެ. ޒަޔަނިސްޓުންނަކީ ޔަހޫދީންގެ ތެރެއިން ފަލަސްތީނަށް އަރައިގަނެގެން އުޅޭ ބައިގަނޑަކަށް ކިޔާ ނަމެކެވެ.  ފަލަސްތީނަކީ ކުރިން އިސްލާމީ ބޮޑު ޤައުމެކެވެ. އިޒްރޭލު އުފެދިގެން އައީ ފަލަސްތީނަށް ޔަހޫދީން މަޑުމަޑުން ގިނަވަމުން ގޮސް ދުނިޔޭގެ ބާރުތަކުގެ އެހީއާއިއެކު ފަލަސްތީނަށް އެޔަހޫދީންތައް ޖަމާވާން ފެށީއެވެ. އޭގެ ފަހުން ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ އެހީގައި ބޮޑު ސަރަހައްދެއް ހިފާ އެސަރަހައްދު ބޮޑު ކުރަމުން އެދަނީއެވެ. އެންމެފަހުން އިޒްރޭލުން މަސައްކަތް ކުރަނީ މުޅި ފަލަސްތީނުގެ އިތުރުން މެދުއިރުމަތީގެ ބޮޑު ސަރަހައްދެއް އެމީހުންގެ އަތްދަށަށް ގެނެސް މުސްލިމު ޤައުމުތައް ހިފާށެވެ. މުސްލިމު ފަލަސްތީނަށް ކޮންމެ ދުވަހަކުވެސް އެތައް ހަމަލާއެއްދީ އެތައް ބަޔަކު މަރަމުން އެދަނީ އެމީހުންގެ އާދައަކަށް ހަދައިގެންނެވެ. ފަލަސްތީނުގެ ބައެއް ސަރަހައްދުތަކުގައި ބޭސްކުރާނެ ބޭހެއް ނެތި ޑޮކްޓަރުން ނެތި އެތައް ބަޔަކު ހާލުގައި ޖެހިފައި އެތިބީއެވެ.  އަދި ނުވިތާކަށް މުސްލިމު ގައުމުތަކުންނާއި ހެޔޮއެދޭ އިސްލާމްނޫން ބައެއް ގައުމުތަކުންނާއި ފަރުދުން ހިލޭ ފަލަސްތީނަށް ބޭހާއި ބޯހިޔާކުރުމަށް ގެދޮރު ސާމާނު ރަށްދުކޮށް ނުދީ ފަލަސްތީނުގެ ބައިބައި ޙިސޯރުކޮށްގެންތިބެ އެފަދަ ނިކަމެތިހާލުގައި ޖައްސާފަވެއެވެ. އަދި އެފަދަ ހިލޭސާބަހަށް މަސައްކަތްކުރާ ބައިވެރީންގެ އުޅަނދުތަކަށް ޙަމަލާދީ ވަރަށް ރަޙުމްކުޑަގޮތުގައި މަރަމުންވެސްދަނީއެވެ. އެއީވެސް މުސްލިމުންނެވެ. އަޅުގަނޑުމެން ފަދައިންނެވެ.

އެހެންކަމުން ކުރިން ބުނެވުނު ތުނބުޅި ނެތް ޝެއިހް ބުނާގޮތުން “މައްސަލައަކީ އެމީހުންނަކީ ކާފަރުންކަމަށް ވީތީއެއް ނޫން. އައި ފުރޮމް ޒަޔަންގެ ވެރިއަކަށް ހުރީ މޮސާޑުގައި ގިނަ ދުވަސްވަންދެން މަސައްކަތް ކޮށްފައިވާ މީހެއްކަމަށް ޔަގީނާގާތައް އެދަނީ ބުނަމުންނެވެ. މޮސާޑްއަކީ އިޒްރޭލުގެ ޖާސޫސީ އިދާރާ. ދުނިޔޭ އެންމެ އަނިޔާވެރި އަމަލުތައް ހިންގާފައިވާ މިފަދަ ރަސްމީ އިދާރާއެވެ. އެމީހުންގެ ފަތިފުށް ބެލީމަ އެނގޭނެ އެމީހުންގެ އަސްލު ސިފަ. އެފަދަ މީހަކު އިސްވެ ހުރެ ހަދާފައިވާ ޖަމިއްޔާއަކުން މުސްލިމުންނަށް ހެޔޮ އެދިގެން ކަމެއް ކޮށްދޭނެތޯ. މުސްލިމުންނަށް އަނިޔާކޮށް މުސްލިމުން ގެދޮރުން ބޭރުކޮށް އަނެއް މުސްލިމު ޤައުމަށް އައިސްގެން އެހީވުމަކީ އަރަތެއް. އެހެންވީމާ މިފަދަ ހީލަތްތެރި ބަޔަކު އެދުމެއް ނެތި ވެދުމެއް ނުކުރާނެ.” ކަމަށެވެ.

ކޮންމެއަކަސް މިއަދު އެމީހުން އެހީވުމުގެ ނަމުގައި އައި ނަމަވެސް މާދަމާ އެމީހުން އަޅުގަނޑުމެންނަށް ޖައްސާނީ ކޮން ހާލެއްކަމެއް އަންދާޒާ ނުކުރެވޭނެއެވެ. ގައިމުވެސް އޮސްޓްރޭލިޔާފަދަ ބައެއް ގައުމުތަކުން މިފަދަ ގުރޫޕުން ހިންގާ ހޮސްޕިޓަލްތަކުން މީހުންގެ ކިޑުނީއާއި އެހެނިހެން ގުނަންތައް ވަގަށްނަގައި ޔަހޫދީންނަށް ހަދިޔާކުރާކަން އެނގިފައިވެއެވެ. މުޅި ދުނިޔެ އެބަޔަކާއި ނުރުހުން ވެފައިވާ، އިންސާނީ ހައްޤުތަކަށް އެންމެ ފާޅުގައި އަރައިގަންނަ އިޒްރޭލާއި އަޅުގަނޑުމެން ދިވެހި ސަރުކާރުން އަތުގުޅާލާ ރަހުމަތްތެރިކަން ބޭއްވުމަކީ ހަމަގައިމުވެސް ދިވެހި މެޖޯރެޓީ ބޭނުންވާނެ ގޮތެއް ނޫނެވެ. އެއީ ‘ވަތަން އެދޭ’ ގޮތެއްވެސް ނޫންކަން ޔަގީނެވެ.

ނޯޓް: މިއީ ސަންދާން މަޖައްލާގެ 173 ވަނަ އަދަދުގައި އަޅުގަނޑު ލިޔެފައިވާ ލިޔުމެކެވެ.

ޓެގް

ލާދީނީ ޑިމޮކްރަސީ ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.