ރާއްޖޭގެ ޚަބަރު ހައްޖަށް މީހުން ގެންދާ ފަސް ކުންފުންޏަކުން އައިލެންޑް އޭވިއޭޝަން އާއެކު ސޮއިކޮށްފި

ހައްޖަށް މީހުން ގެންދާ ފަސް ކުންފުންޏަކުން އައިލެންޑް އޭވިއޭޝަން އާއެކު ސޮއިކޮށްފި

ހައްޖަށް މީހުން ގެންދާ ފަސް ކުންފުންޏަކުން އައިލެންޑް އޭވިއޭޝަން އާއެކު ސޮއިކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހައްޖަށް މީހުން ގެންދާ ފަސް ކުންފުންޏަކުން އައިލެންޑް އޭވިއޭޝަން އާއެކު ސޮއިކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަން ސާވިސަސް އިން ހާމަކުރާ ގޮތުގައި މި އަހަރު ހައްޖަށް މީހުން ގެންދިއުމަށްޓަކައި ފަސް ކުންފުންޏަކުން އައިލެންޑް އޭވިއޭޝަން ސާވިސަސް އާއެކު މިއަދު ސޮއިކޮށްފައިވާ ކަމަށާއި މި އަހަރު އެ އެއާލައިނުން ހަތަރު ހައްޖު ފްލައިޓާއި އުމުރާ އަށް މީހުން ގެންދިއުމަށް އެއް ފްލައިޓް ބާއްވާނެ ކަމަށެވެ.

މި އަހަރު ހައްޖަށް ގެންދިއުމަށް ހުއްދަ ދީފައިވާ އަށް ކުންފުނީގެ ތެރެއިން އައިއޭއެސް އާއެކު ސޮއިކުރީ މިނާ ހައްޖު އެންޑް އުމްރާ އާއި ޔޫއެސް އިންވެސްޓްމަންޓާއި އެކްރޯ އާއި އަލްބަޓްރޮސް އިންޓަނޭޝަނަލް އަދި ޒައީ ހައްޖު އެންޑް އުމުރާއެވެ.

ޙައްޖަށް ދިވެހިން ގެންދިއުމަށް ނިންމުމާއި ގުޅިގެން އައިލެންޑް އޭވިއޭޝަނުން މީޑިއާގައި ހާމަކޮށްފައިވަނީ "އަޅުގަނޑުމެން މި ހިދުމަތް ފެށުމުން ދިވެހިންނަށް ފަސޭހަ ވާނެ"ކަމަށެވެ. އަދި "މީގެ ކުރިންވެސް ދެތިން ފަހަރެއް މަތިން މި ހިދުމަތް ދީފައިވާނެ ކަމަށާއި، އެހެންކަމުން އެކަމަށް އެ ކުންފުނި ތައްޔާރަށް އޮތް" ކަމަށެވެ.

ޓެގް

ނަމާދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.