ރާއްޖޭގެ ޚަބަރު ރ.ކިނޮޅަހު ކައުންސިލްގެ 3 ވަނަ ޤްރުއާން މުބާރާތް ބާއްވައިފި

ރ.ކިނޮޅަހު ކައުންސިލްގެ 3 ވަނަ ޤްރުއާން މުބާރާތް ބާއްވައިފި

ރ.ކިނޮޅަހު ކައުންސިލްގެ 3 ވަނަ ޤްރުއާން މުބާރާތް ބާއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

kinolhas dhiislam news

ރ.ކިނޮޅަހު ރަށު ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ ، އެ ކައުންސިލްގެ 3 ވަނަ ޤްރުއާން ކިޔެވުމުގެ މުބާރާތް ބާއްވައިފިއެވެ.

ހުރިހާ އުމުރުފުރަޔަކަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލައިގެން ބޭއްވި މި މުބާރާތްގެ ކިޔެވުން ފެށީ މިދިޔަ ހުކުރު ދުވަހު ހެނދުނުއެވެ. ހުކުރު ދުވަހުގެ ހެނދުނާއި މެންދުރާއި ހަވީރު އަދި ރޭގަނޑު މި މުބާރާތުގެ ކިޔެވުން ކުރިޔަށް ދިޔައެވެ. އަދި ހޮނިހިރު ދުވަހު ހެނދުނާއި މެންދުރު އަދި ހަވީރު ވެސް ކިޔެވުން ކުރިޔަށް ދިޔައެވެ. ބަލައިގެން ކިޔެވުމުގެ ބައިގައި 76 ބައިވެރިން އަދި ނުބަލާ ކިޔެވުމުގެ ބައިގައި 11 ބައިވެރިނާ އެކު މުޅިއެކު 87 ބައިވެރިން މިމުބާރާތުގައި ބައިވެރިވެފައިވާކަމަށް ކިނޮޅަހު ކައުންސިލުން މަޢުލޫމާތު ދިނެވެ. މިއީ 2012 ވަނަ އަހަރު މި މުބާރާތުގައި ބައިވެރިވި އަދަދަށް ވުރެއް ގިނަ އަދަދެއް ކަމަށް ވެސް ކައުންސިލުން މަޢުލޫމާތު ދިނެވެ.

ކީރިތި ޤްރުއާނާއި މެދު ލޯބި އުފައްދާ އަދި ތަޖުވީދުގެ މަގަށް ޤްރުއާން ކިޔެވުމަށް ހިއްވަރު ދިނުމުގެ ގޮތުން ބާއްވަމުން ގެންދާ މި މުބާރާތުގެ ކިޔެވުން ކުރިޔަށް ދިޔައީ ރ.ކިނޮޅަހު ސްކޫލް ހޯލުގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.