މިރޭ ބާއްވާ "މުޖައްރަބު" ދަރުސް ރޭޑިއޯ އެޓޯލް 96 އެފްއެމް އިން ލައިވް ކުރަން ހަމަޖެހިފައިވާކަމަށް ޖަމިއްޔަތުއް ސަލަފުން ހާމަކޮށްފިއެވެ.
ޖަމްޢިއްޔަތުއްސަލަފުގެ ވެބްސައިޓުގައި ހާމަކޮށްފައިވާގޮތުގައި "މުޖައްރަބު" މި މައުޟޫއަށް ދިނުމަށް ހަމަޖެހިފައިވާ ދަރުސް ރޭޑިއޯ އެޓޯލް އިން ލައިވް ކުރާގޮތަށް ހަމަޖެހިފައިވާކަމަށާއި މިދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 08:45 ގައި ކާނިވާ ސްޓޭޖު ސަރަހައްދުގައިކަމަށްވެސް އެޖަމިއްޔާއިން ހާމަކުރެއެވެ
ޖަމްޢިއްޔަތުއްސަލަފާއި ޕީސް ފައުންޑޭޝަން ގުޅިގެން ބާއްވާ “މުޖައްރަބު” މިދަރުސްގައި އަދުގެ ހާލަތަށް އަމާޒުކޮށްގެން ދަރުސް ދެއްވުމަށް ހަމަޖެހިފައި ވަނީ އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ކަމަށާއި މި ދަރުސް އަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގަތުމަކީ ޖަމްޢިއްޔަތުއްސަލަފާއި ޕީސްފައުންޑޭޝަންގެ ވަރަށްބޮޑު އެދުމެއް ކަމަށް އެދެ ޖަމިއްޔާއިން ވެސް ހާމަކުރެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...