އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިވިލްވިއޯ ބާލުސްކޯނީ އެއް އަހަރަށް ޖަލަށް ލުމަށް އިޓަލީގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ.
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި އޭނާ ޖަލަށް ލުމަށް ޙުކުމް ކޮށްފައިވަނީ ފުލުހުންގެ ފޯނުކޯލެއްގެ ރިކޯޑިން ނޫހެއްގައި ޝާއިއު ކުރުމުގެ ކުށް ސާބިތުވުމުންނެވެ. ބާލުސްކޯނީގެ މައްޗަށް ކުޑަ އަންހެން ކުއްޖަކާއެކު ބަދު އަޚުލާގީ ޢަމަލު ހިންގުމާއި، ޓެކްސް އަށް މަކަރު ހެދުމުގެ ދައުވާވެސްވަނީ އުފުލާފައެވެ. މި މައްސަލަތަކުގައި ޙުކުމް އިއްވާފައި ވީނަމަވެސް އޭނާއަށް އެ ޙުކުމްތަށް ސަސްޕެންޑް ކުރެވިދާނެއެވެ. އިޓަލީގެ ޤާނޫނު ބުނާގޮތުން އުމުރުން 75 އަހަރުން މަތީގެ މީހުންގެ މައްޗަށް އިއްވާ ދެ އަހަރަށްވުރެ ކުރުނޫން ޙުކުމްތަކުގައި ޖަލުގައި އެ ޙުކުމްތަށް ތަންފީޒު ކުރާކަށް ނުޖެހެއެވެ.
ބާލުސްކޯނީ އަކީ ވެރިކަމުގައި ހުންނެވިއިރުވެސް ވެރިކަމުން ފޭބުމަށްފަހުގައިވެސް ވަރަށް މައްސަލަބޮޑު ވެރިއެއްކަން ފާހަގަ ކުރެވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...