ރިޕޯޓް އިޢުލާން

އިޢުލާން

އިޢުލާން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ލިޔުނީ؛ މުހައްމަދު ސިރުހާން (ސިރޫ)
މިހާރަކަށް އައިސް ދިވެހިރާއްޖޭގައި މީހުންގެ ޢިއްފަތްތެރިކަން ފޭރިގަތުމާއި، މީހުން މެރުމާއި މިފަދަ ލާއިންސާނީ ނުބައި ކުށްތައް ގިނަވަމުން ދާތީވެ، ދިވެހިރާއްޖޭގައި ތިބި އިސްލާމްދީނުގެ ސަޕޯޓަރުންނަށް ބުނެ އަންގަމެވެ. ހަމައެކަނި ސަޕޯރޓުކުރުމުގެ ބަދަލުގައި، އިސްލާމްދީނުގައި އެންގެވި ހުރިހާ ކަމެއްގައި ހިފައި އިސްލާމެއްކަން ޢަމަލާއި ބަހުން އަންގައިދެމާ ހިނގާށެވެ. އިސްލާމީ ފުރިހަމަ ޝަރީޢަތް ދިވެހި މިފަސްގަނޑުގައި ޤާއިމުކުރަމާ ހިނގާށެވެ. އަދި އިސްލާމީ ރިވެތި ތަރުބިއްޔަތުން އަހަރެމެންގެ ދަރިން ތަރުބިއްޔަތު ކުރަން އަންގާ ނަޞީހަތްތެރި ވަމެވެ.
މިކަންތައްތައް އަހަރެމެންނަށް ކުރެވޭނީ އަހަރެމެން ހޮވާ ރައްޔިތުންގެ މެންބަރުންނާއި އަދި ރައީސަކީ އިސްލާމީ ޝަރީޢަތަށް ލޯބިކުރާ މެންބަރުންތަކަކަށް ވެގެންނެވެ. އަދި އަހަރެމެންނަކީ ދީނީ ޢިލްމު ހޯދާ އެޔަށް ޢަމަލުކުރާ ބަޔަކަށް ވެގެންނެވެ. އަދި އަހަރެމެންގެ ދަރިންނަކީ އިސްލާމްދީނަށް ލޯބިކުރާ އެދީނުގައި އެންގެވި ކަންތައްތައް ކޮށް ނަހީކުރެއްވި ކަންތައްތަކުން ދުރުވެގެންވާ ބަޔަކަށް ހެދިގެންނެވެ.
ވީމާ ތިޔައެންމެހާ އަޚުންނާއި އުޚުތުންނަށް ހަމައެކަނި ސަޕޯރޓުކުރުމުގެ ބަދަލުގައި އިސްލާމްދީނުގެ ހުރިހާ ކަމެއްގައި ވަރުގަދައަށް ހިފަހައްޓާ ﷲއަށް ތަޤުވާވެރިވުމަށް ގޮވާލަމެވެ. އަދި އަމާން އޮމާން ދިވެހިރާއްޖެއެއް ބޭނުންނަމަ ކުށްކުރާ މީހުންނަށް އިސްލާމީ ޝަރީޢަތުގައިވާ އަދަބު ދިނުމަށް ގޮވާލަމެވެ.
އަމާން އޮމާން ދިވެހިރާއްޖެއަކަށް - އިސްލާމީ ޝަރީޢަތް ގެންނަމާ

ޓެގް

ދީން ޑިމޮކްރަސީ އަރަބި ބުރުގާ ސަރުކާރު ހަމަލާ ކޯފާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.