މިޞްރުގައި ކުރިމަތިވެފައިވާ ސިޔާސީ މައްސަލަ ވާހަކަ ދައްކައިގެން ހައްލު ނުކުރެވިއްޖެނަމަ އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެދާނެކަމަށްބުނެ މިޞްރުގެ އަސްކަރިއްޔާއިން އިންޒާރުދީފިއެވެ.
ޤައުމުގައި ބޮޑުވަމުންދާ ސިޔާސީ މައްސަލައިގައި، ވާހަކަ ދެއްކުމަކީ އެންމެ ރަނގަޅު އަދި އޮތް ހަމައެކަނި ހައްލުކަމުގައި މިޞްރުގެ އަސްކަރިއްޔާއިން ޤައުމުގެ ޓީވީ ޗެނަލެއް މެދުވެރިކޮށް ހޮނިހިރުދުވަހު ވަނީ ހާމަކޮށްފައެވެ.
ރައީސް މުރުސީ އިދިކޮޅުފަރާތްތަކަށް ވާހަކަ ދެއްކުމަށް ހުށައަޅައިފައިވީނަމަވެސް އިދިކޮޅުފަރާތްތަކުން ބުނަނީ ފުރަތަމަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ޤާނޫނު އަސާސީގެ ޑްރާފްޓަށް ވޯޓުލުމަށް އޮތްއޮތުން ކެންސަލް ކުރަންޖެހޭނެކަމަށެވެ.
މިދިޔަ މަހުން ފެށިގެން ރައީސް މުރުސީއަށް ތާޢީދުކުރާ ފަރާތްތަކާއި އިދިކޮޅުފަރާތަކާ ދެމެދު ހިނގާދިޔަ ހަމަނުޖެހުންތަކާއި މުޒާހަރާތަކުގައި 6 ވަރަކަށް މީހުން މަރުވެ އިޚްވާނުލް މުސްލިމީންގެ އެތައް އޮފީހެއްގައި ހުޅުޖަހައިފަވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...