ކީރިތި ރަސޫލާގެ ޝަޚްސިއްޔަތަށް އިހާނާތްކޮށް މާތްވެގެންވާ އިސްލާމް ދީނަށް މަލާމާތާއި ފުރައްސާރަކޮށް ދާދިފަހުން ފިލްމު އުފެއްދި އެމެރިކާގެ ރައްޔިތެއް ކަމަށްވާ ނިކޮލައި ބާސިލީ ނިކޮލައި އެއް އަހަރަށް ޖަލަށް ލުމަށް އެމެރިކާގެ ކޯޓަކުން އިއްޔެ ޙުކުމް ކޮށްފިއެވެ.
ނިކޮލައި ހައްޔަރުކޮށްފައި ވަނީ ޕެރޯލްގެ ޝަރުތުތަކާ ތަކުރާރުކޮށް ޚިލާފު ވުމަށް ފަހު ފިލައިގެން އުޅެނިކޮށެވެ. އޭނާ ޖަލަށް ލުމަށް ޙުކުމް ކުރީ މަކަރާއި ޙީލަތުގެ މަސައްލައެއްގައި މިދިޔަ ސެޕްޓެމްބަރު މަހު ޖަލަށްލާފައިވަނިކޮށް ޕެރޯލްގެ އުސޫލުން އޭނާ ވަގުތީ ގޮތުން ދުކޮށްލާފައިވަނިކޮށެވެ. މިފަހަރުގެ އޭނާގެ މައްޗަށް ޙުކުމްކޮށްފައި ވަނީ 12 މަސްވަންދެން ޖަލުގައި ބެހެއްޓުމަށްފަހު އޭގެ ފަހުން މިނިވަންކޮށް 4 އަހަރު ވަންދެން އޭނާގެ ހަރަކާތްތަށް ބެލުމަށެވެ.
ކީރިތި ރަސޫލާގެ ޝަޚްސިއްޔަތަށް އިހާނާތްކޮށް މާތްވެގެންވާ އިސްލާމް ދީނަށް މަލާމާތާއި ފުރައްސާރަކޮށް ފިލްމު އުފެއްދި ނިކޮލައި މި ފިލްމު އުފެއްދުމަށް ޓަކައި އިސްލާމް ދީން ވަރަށް ރަނގަޅަ ދިރާސާކޮށްފައި ވާކަމަށާއި އަދި މިކަން މިއެހެން ކުރީ މަލާމަތްކުރެވޭ ފަދަ ވަސީލަތްތަކެއް ހޯދުމުގެ ބޭނުމުގައި ކަމަށް ބައެއް ބޭރުގެ ނޫސްތަކުގައި ހާމަކޮށްފައިވެއެވެ. މިފިލްމުގެ ސަބަބުން ދުނިޔޭގެ އެތަށް މިލިއަން މުސްލިމުންނެއް ވަނީ ރުޅިގަދަވެ ކީރިތި ރަސޫލާ އާއި އިސްލާމް ދީނުގެ ދިފާޢުގައި އަޑު އުފުލާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...