ދުނިޔެ އެމެރިކާގެ ހަނގުރާމަވެރިއަކު އަފްޣާނިސްތާނުގައި ކުށެއްނެތް މީހުން މެރިކަމަށް އިޢުތިރާފު ވެއްޖެ

އެމެރިކާގެ ހަނގުރާމަވެރިއަކު އަފްޣާނިސްތާނުގައި ކުށެއްނެތް މީހުން މެރިކަމަށް އިޢުތިރާފު ވެއްޖެ

އެމެރިކާގެ ހަނގުރާމަވެރިއަކު އަފްޣާނިސްތާނުގައި ކުށެއްނެތް މީހުން މެރިކަމަށް އިޢުތިރާފު ވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމެރިކާ ސިފައިންގެ ހަނގުރާމަވެރިއަކު އަފްޣާނިސްތާނުގައި ކުށެއްނެތް މީހުންގެ ޤަތުލުއާންމު ހިންގި ކަމަށް އެމެރިކާގެ މިލިޓަރީ ކޯޓެއްގައި ފުރަތަމަ ފަހަރަށް އިޢުތިރާފް ވެއްޖެއެވެ.

އެމެރިކާ ސިފައިންގެ ހަނގުރާމަ ވެރިއެއް ކަމަށްވާ ސްޓާފް ސާޖަންޓް ރޮބަރޓް ބެލްސްގެ މައްޗަށް ވަނީ އަފްޣާނިސްތާންގެ ދެކުނުން ކަންދަހާރު ޕްރޮވިންސްގައި ކުށެއްނެތް 16 މީހުން މެރިކަމުގެ ދަޢުވާ ކޮށްފައެވެ. އޭގެ ތެރޭގައި 9 ކުޑަކުދިންވެސް ހިމެނެއެވެ. އަދި އޭގެ އިތުރުން 6 ފަހަރު މީހަކު މެރުމަށް މަސައްކަތް ކުރިކަމުގެ ދަޢުވާ އާއި 7 ފަހަރު މީހަކަށް ހަމަލާދިން ކަމުގެ ދަޢުވާ އާއި ޑީއުޓީގައި ހުރެގެން ބަނގުރާ ބުއި ކަމުގެ ދަޢުވާވެސް ވަނީ އޭނާގެ މައްޗަށް ކޮށްފައެވެ.

ބޭލްސްގެ ޝަރީއަތުގެ އަޑުއެހުން އޮތީ އިއްޔެ ކަމަށާއި މި އަޑުއެހުން 2 ހަފްތާއަށް ދެމިގެންދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

މަންޒަރު ދުށް ފަރާތްތަކާއި އަފްގާން ފެކްޓް-ފައިންޑިން މިޝަންއިން ބުނާ ގޮތުގައި މި ކަމުގައި ކުށްވެރި ވެފައިވަނީ ހަމައެކަނި ބޭލްސް ކަމުގައިވިޔަސް މި ޖަރީމާގައި މަދުވެގެން 20 މީހުން ބައިވެރިވި ކަމަށް ވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.