މިއަދުގެ ހެނދުނުގެ ވަގުތެއްގައި ސައުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ މައި މަގެއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 22 މީހުން މަރުވެ 111 މީހުން ޒަހަމްވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ރިޔާޟުގެ މައި މަގެއް ކަމުގައިވާ ޚުރައިސް ރޯޑް އިން ދުއްވާފަދިޔަ ގޭސް ޓޭންކަރެއް އެ މަގުގައި ހަދާފައިވާ ބްރިޖެއްގައި ޖެހި ގޮވުމުގެ ސަބަބުންނެވެ. ސަޢުދީ ޢަރަބިޔާގެ ޚަބަރުފަތުރާ ވަޞީލަތްތަކުން ހާމަކުރާ ގޮތުގައި މި ހާދިސާ ހިނގިތާ މާ ގިނައިރު ނުވަނީސް އަލިފާންގަނޑު ވަނީ ނިއްވައިލާފައެވެ.
މި ހާދިސާގައި އެ ސަރަހައްދުން ދުއްވާފައި ދިޔަ ގިނަ ޢަދަދެއްގެ ކާރަށައި، އެސަރަހަދުގެ ގެތަކަށް ވަނީ ވަރަށްބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ހަދިސާ ހިނގި ތަނުގެ ކައިރީގައި ހުރި ކާރުޚާނާއެއް ވަނީ އެއްކޮން ހަލާކުވެފައެވެ.





ކޮމެންޓް (0)
ލޯޑް ކުރަމުން...