ރާއްޖޭގެ ޚަބަރު ފަތުރުވެރިންގެ ރަމްޒީ ކައިވެނީގެ ޙަފުލާ ބޭއްވުމާބެހޭ ގަވާއިދު އާންމުކޮށްފި

ފަތުރުވެރިންގެ ރަމްޒީ ކައިވެނީގެ ޙަފުލާ ބޭއްވުމާބެހޭ ގަވާއިދު އާންމުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ފަތުރުވެރިންގެ ރަމްޒީ ކައިވެނީގެ ޙަފުލާ ބޭއްވުމާބެހޭ ގަވާއިދު އާންމުކޮށްފިއެވެ.

ރައީސް ނަޝީދުގެ ހާއްސަ ބެލުމުގެ ދަށުން މިގަވައިދު އެކުލަވާލާ އާންމުކޮށްފައިވަނީ ސަރުކާރުގެ ގެޒެޓްގެ މިއަދުގެ އަދަދުގައެވެ. މިގަވައިދުގައި އެންމެ ފާހަގަކޮށްލެވެނީ "ފަތުރުވެރިން ޢައްޔަންކުރާ ދިވެއްސެއް ނޫން ފަރާތެއްވެސް އިސްމީހެއްގެ ގޮތުގައު ޢައްޔަން ކުރެވިދާނެއެވެ' މިހެން އޮތް ނުކުތާއެވެ. މިގަވައިދާއި ޚިލާފުވާ ފަރާތްތަކަށްވަނީ އެއް މިލިޔަން ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކަށް ޖޫރިމަނާ ކުރެވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. މިގަވައިދުގައި 'ރަމްޒީ ކައިވެނި'ކަމަށް ބުނެފައިވަނީ ފަތުރުވެރިންގެ ކައިވެނީގެ ޢަހުދު އައުކުރުމަށް ބާއްވާ ރަމްޒީ ޙަފުލާތަކާއި ފަތުރުވެރިންގެ ކައިވެނީގެ ރަމްޒީ ޙަފުލާ ބޭއްވުމަށްކަމަށްވެސް މިއަދު ޢަންމުކޮށްފައިވާ ގަވައިދުގައިވެއެވެ.

ދާދިފަހުން ވިލުރީފު ރިސޯޓުގައި ފަތުރުވެރި ދެމަފިރިންނަށް 'ރަމްޒީ ކައިވެނީ'ގެ ނަމުގައި ވަނީ އައުގުރާނަ ގޮވާ ފުރައްސާރަކޮށްފައެވެ. އެކަމާއި ގުޅިގެން ހަދާފައިވާ މިގަވައިދަށް ބައެއް ފަރާތްތަކުން ބޮޑެތި ފާޑުކިޔުންތައް ދަނީ ކިޔަމުންނެވެ. އެގޮތުން "ދިވެއްސެއް ނޫން ފަރާތެއްވެސް އިސްމީހެއްގެ ގޮތުގައު ޢައްޔަން ކުރެވިދާނެ" ކަމަށް އޮތް ނުކުތާގެ މުރާދަކީ ފާދިރީންފަދަ މީހުންނަށްވެސް ރާއްޖެއައިސް ކައިވެނި ކޮށްދެވޭނެ ގޮތް ހަމަޖެހުންކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

"ފަތުރުވެރިންގެ ރަމްޒީ ކައިވެނީގެ ޙަފުލާ ބޭއްވުމާބެހޭ ގަވާއިދު" ވިދާޅުވޭ!

ޓެގް

ލާދީނީ ޑިމޮކްރަސީ ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.