
މާފަންނު ސްޓޭޑިއަމްގައި 1 ޝައްވާލް 1433 (އޮގަސްޓް 19، 2012) ވަނަ ދުވަހު ކުރެވުނު ފިތުރު އީދު ނަމާދުގެ ޖަމާޢަތް | ދިއިސްލާމް ފޮޓޯ : މުޙައްމަދު މިއުވާން
މިއަހަރުގެ އީދު ނަމާދާއި ބެހޭ ހާއްސަ ބައްދަލުވުމެއް މިރޭ ބާއްވަން ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮއްފިއެވެ.
އިސްލާމިކް މިނިސްޓްރީއިން ހާމަކުރި ގޮތުގައި އަލްހާ ޢީދު ނަމާދު މާފަންނު ސްޓޭޑިއަމްގައި ކުރުމުގެ ކަންތަކާއި ގުޅޭ ގޮތުން ބާއްވާ މިހާއްސަ ބައްދަލުވުން އޮންނާނީ އިސްލާމީ މަރުކަޒްގެ ޖަލްސާކުރާ މާލަމްގައި މިރޭ 09:00ގައިކަމަށެވެ. މިބައްދަލުވުމައް ވީހާވެސް ގިނަ ފަރާތް ތަކުން ބައިވެރިވުމަށް އިސްލާމިކް މިނިސްޓްރީއިން އެދި ވަޑައިގަންނަވައެވެ.
މިދިޔަ އީދެކޭ އެއްގޮތައް މިއީދުގައިވެސް އީދުނަމާދު ކުރުން ހަމަޖައްސާފައި ވަނީ މާފަންނު ސްޓޭޑިޔަމް ސަރަހައްދުގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...