ސައިންސާއި ޓެކް "ލައިމްވެއާރ" ކޯޓުގެ އަމުރަށް ބަންދުކޮށްފި

"ލައިމްވެއާރ" ކޯޓުގެ އަމުރަށް ބަންދުކޮށްފި

"ލައިމްވެއާރ" ކޯޓުގެ އަމުރަށް ބަންދުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

"ލައިމްވެއާރ" ކޯޓުގެ އަމުރަށް ބަންދުކޮށްފިއެވެ.

އިންޓަނެޓްގައި ފައިލްތައް ޝެއާރ ކުރުމަށް މަޝްހޫރު ވެބްސައިޓް 'ލައިމްވެއާރ' ބަންދުކުރުމަށް ކޯޓުން އަމުރު ނެރެފައިވަނީ 4 އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތުންނެވެ. މިހާރު ލައިމްވެއާރ ވެބްސައިޓްގައި ނޯޓިސްއަކާއި އެކު ހިދުމަތް މެދުކަނޑާލާފައިވާއިރު އެވެބްސައިޓް ބޭނުންކޮށްގެން ވަގު ސޮފްޓުވެއާރތަކާއި ވަގު ފިލްމުތަކާއި ލަވަތައް ޑައުންލޯޑްކުރާ ފަރާތްތަކަށް މިއީ ހިތާމަވެރި ހަބަރަކަށްވެގެންދާނެއެވެ.

ކޮޕީރައިޓްގެ މައްސަލައިގައި ކޯޓުން 'ލައިމްވެއާރ' ބަންދުކުރުމަށް އެންގިނަމަވެސް 'ލައިމްވެއާރ'އިން 'އެހެންގޮތަކަށް' އެވެބްސައިޓުގެ ބޭނުންކުރާނެކަމަށްވަނީ ބުނެފައެވެ. ކުރިން ބޭނުންކުރިގޮތައް ހުރިހާ އެއްޗެއް 'ހިލޭ' ޑައުންލޯޑް ކުރެވޭގޮތުގެ ބަދަލުގައި ކޮންމެވެސް އެހެންގޮތަކުންނަމަވެސް އެވެބްސައިޓުގެ ބޭނުންކުރާނެކަމަށް ހަބަރުތައް ދަނީ ފެތުރެމުންނެވެ.

2000 ވަނަ އަހަރު ވުޖޫދަށްއައި 'ލައިމްވެއާރ' ގައި މިހާތަނަށް އެތައް މިލިއަން މީހުންވަނީ ބޭނުންކޮށްފައެވެ. 'ލައިމްވެއަރ' އަކީ އެންމެ ފަހުގެ ލަވަތަށް އެންމެ ތާޒާކަމާއި އެކު ލިބިގެންދާކަމަށް މަޝްހޫރު ވެބްސައިޓެކެވެ. އެކަމުގެ ސަބަބުން ގިނަ ބަޔެއްގެ ނުރުހުން 'ލައިމްވެއާރ'އަށް އަމާޒުވެފައިވެއެވެ. އެތައް ބަޔެއްގެ މަސައްކަތުން ކުރާ މަސައްކަތުން 'ހިލޭ' އެވެބްސައިޓުން ލިބިގެން ދިއުމަކީ އެމީހުންނަށް ގަބޫލުކުރެވޭ ކަމެއްނޫންކަމަށް ބުނެއެވެ. އަދި އަނެއް ބަޔަކު އެވެބްސައިޓުން 'ހިލޭ' ޑައުންލޯޑް ކުރެވޭތީ އެކަމަށް ތާއީދުކޮށް 'ލައިމްވެއަރ' ބަންދުކުރުމުންދަނީ ނުރުހުން ފާޅުކުރަމުންނެވެ.

"ލައިމްވެއާރ'ގެ އިތުރުންވެސް ދުނިޔޭގައި މިފަދަ އެތައް ސައިޓެއްވެއެވެ. އެފަދަ ހުރިހާ ވެބްސައިޓްތައް 'ބަންދު' ކުރުމުގައި ކޯޓުތަކަށް ކާމިޔާބު ލިބޭނެކަން އަދި ބުނަން އަވަހެވެ.

ޓެގް

ޓެކްނޮލޮޖީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.