ފިއްލަދޫގައި ބަރަހަނާ މަންޒަރުތައް ރެކޯޑްކުރިކަމަށް އިއުތިރާފްވެފައިވަނިކޮން އެމީހުން ދޫކޮށްލައިފިއެވެ.
ހއ. ފިއްލަދޫގައި ޖާސޫސީ ކެމެރާ ހަރުކޮށް އަންހެން ކުދިންގެ ބަރަހަނާ މަންޒަރުތައް ރެކޯޑުކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުން ދޫކޮށްލާފައިވަނީ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށް ނުދިނުމުގެ ސަބަބުންނެވެ. އޭގެ ތެރެއިން ބައެއް މީހުން ކުށަށް އިއުތިރާފުވެފައިވާއިރުވެސް ހއ. ދިއްދޫ ކޯޓުން ނިންމާފައި ވަނީ "އެ ތިން މީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގުކުރަން ޖެހޭ ކަމެއް ނެތް" ކަމަށެވެ.
މިމަހު 13 ވަނަ ދުވަހުގެ ރޭ ފުލުހުން ހައްޔަރު ކޮށް މައްސަލަ ކޯޓަށް ހުށައަޅާފައިވާ މިމީހުންގެ މައްޗަށް ކުރަމުންދާ ދައުވާގައި ސްޕައި ކެމެރާ ބޭނުންކޮށްގެން ގިފިލި ވީޑިއޯ ކުރި މައްސަލައާއި ކޮޓަރިތަކުގައި ކެމެރާ ހަރުކޮށްގެން އަންހެން ކުދިންގެ ބަރަހަނާ ވީޑިއޯ ނެގުމާއި ދެމަފިރިންގެ ގުޅުން ހިންގާ މަންޒަރު ނެގުމުގެ ކުށްވެސް ހިމެނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...