ދުނިޔެ މާތް ﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނަށް ހުތުރުބަސް ބުނި ޝީޢީއަކު ޖަލަށްލުމަށް ބަޙްރައިންގެ ކޯޓަކުން ޙުކުމް ކޮށްފި

މާތް ﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނަށް ހުތުރުބަސް ބުނި ޝީޢީއަކު ޖަލަށްލުމަށް ބަޙްރައިންގެ ކޯޓަކުން ޙުކުމް ކޮށްފި

މާތް ﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނަށް ހުތުރުބަސް ބުނި ޝީޢީއަކު ޖަލަށްލުމަށް ބަޙްރައިންގެ ކޯޓަކުން ޙުކުމް ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޞަލަވާތާއި ސަލާމްލެއްވިގެންވާ މާތް ނަބިއްޔާގެ ލޮބުވެތި އަނބިކަނބަލުން، މުއުމިނުންގެ މަންމަ ޢާއިޝަތުގެފާނަށް ނިސްބަތްކޮށް ހުތުރުބަސް ބުނި ޝީޢީއަކު ދެއަހަރަށް ޖަލަށްލުމަށް ބަޙްރައިންގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.

ބަޙްރައިންގެ ޖީނާޢީ ކޯޓުން 19 އަހަރުގެ މިމީހާގެ މައްޗަށް އިއްވާފައިވާ ޙުކުމުގައި ބުނެފައިވާގޮތުގައި މިމީހާވަނީ މާތް ﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނަށް ނިސްބަތްކޮށް އިންޓަރނެޓުގެ އެކި ސައިޓުތަކުގައި ވަރަށް ހުތުރު އެއްޗެހިގޮވައި ސުންނަތް ޖަމާޢަތުގެ ޢާޤީދާއާއި ޚިލާފު މަގުފުރެދިފައިވާ ޢަޤީދާތަކެއް ފަތުރާފައެވެ.

"އޭނާވަނީ މިތަނުގައި ޒިކުރުކުރާންވެސް ނުކެރޭފަދަ ބަދުބަސްތަކެއް މުއުމިނުންގެ މަންމަ ޢާއިޝަތުގެފާނަށް ނިސްބަތްކޮށް ބުނެފަ،" ކޯޓުން ނެރެފައިވާ ބަޔާނެއްގައި ހާމަކޮށްފައިވެއެވެ.

ބަޙްރައިންގައި މިހާރަކަށް އައިސް ޝީޢީންގެ އުނދަގޫވަނީ ބޮޑުވެފައެވެ. އީރާނުގެ ޝީޢީ ސަރުކާރުގެ ނުފޫޒުގެ ދަށުން ބަޙްރައިންގެ ޝީޢީ ޖަމާޢާތްތަކުން ޤައުމުގެ އަމާންކަން ނަގާލައި ބަޙްރައިންގައި ދަނީ ހަމަނުޖެހުން އުފައްދަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.