އޭޝިއާ އިންސާނުން ދިރިތިބުމަށްޓަކައި 2030ހުން ފެށިގެން ދެ ޕްލެނެޓު ބޭނުންވާނެ - ސައިންސްވެރިން

އިންސާނުން ދިރިތިބުމަށްޓަކައި 2030ހުން ފެށިގެން ދެ ޕްލެނެޓު ބޭނުންވާނެ - ސައިންސްވެރިން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސައިން ސާލިމް

ކޮންމެ ދެ އަހަރަކުން އެއް އަހަރަކު ޒޫލޮޖިކަލް ސޮސައިޓީ އޮފް ލަންޑަނާއި، ވޯލްޑް ވައިޑް ފަންޑާ ގުޅިގެން ނެރޭ ދަ ލިވިން ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުން މީލާދީން 2030 ވަނަ އަހަރުން ފެށިގެން އިންސާނުން ދިރިތިބުމަށްޓަކައި ބޭނުންވާ ކާނާ ހަމަ އެކަނި ދުނިޔެއަކުންނެއް ނުއުފެއްދޭނެވެ. ނަތީޖާއެއްގެ ގޮތުން އިންސާނުން ދިރި ތިބުމަށްޓަކައި ބޭނުންވާ މާއްދާތަށް ހޯދުމަށް އިތުރު ޕްލެނެޓެއް ހޯދަން ޖެހޭނެއެވެ.

ދަ ލިވިން ޕްލެނެޓް ރިޕޯޓުގައި އިތުރަށް ހާމަކޮށްފައި ވާގޮތުގައި، ދުނިޔޭގައި ކާނާ ބޭނުންކުރެވޭ ނިސްބަތް މިހާރު ވަނީ 1966 ކާ އަޅާ ބަލާއިރު ދެގުނައަށް އިތުރުވެފައެވެ. އަދި މީގެ ކުރިން ކުރެވިފައިވާ އެހެން ދިރާސާއަކުން ދައްކާ ގޮތުން ދުނިޔޭގެ މާއްދާތަށް އިންސާނުން ބޭނުންކުރަމުން ދަނީ އެތަކެތި އުފެދެމުން އަންނަ މިންވަރަށްވުރެއް 1.5 ގުނަ އިތުރު އަދަދަކަށެވެ. ދިރޭ ސޫފާ ސޫތްޕާއި އެތަކެތީގެ މާހައުލު ނެތި ދިއުން ހުއްޓުވުމުގެ ގޮތުން އައު އަމާޒުތަކެއް ކަނޑައެޅުމަށްޓަކައި އަންނަ ހަފަތާ ޖަޕާނުގެ ނަގޯޔާގައި 190 ގައުމެއްގެ މަންދޫބުން ބައިވެރިވެގެން ބާއްވާ ބައްދަލުވުމުގައި މިކަމާމެދު ވަރަށް ގަދެޔަށް  ބަހުސްކުރެވިގެން ދާނެކަމަށް މިހާރު މިވަނީ ބެލެވެން ފަށައިފައެވެ.

ދުނިޔޭގައި ދިރިތިބުމަށްޓަކައި ބޭނުންވާ ކާނާ ދުނިޔޭން ހުސްވެގެން ހިނގައިދާނެކަމަށް ސައިންޓިސްޓުންވަނީ މީގެކުރިންވެސް އިންޒާރުދީފައެވެ. ސައިންޓިސްޓުން ދީފައިވާ ޑެޑް ލައިން 20 އަހަރުފަހުން ހަމަވާން ވާއިރަށް، ސައިންސަވެރިން އެބުނާފަދަ .ކާނާ ހުސްވެފައިވާ ދުނިޔެއަކުން ސަލާތްވުމަށްޓަކައި މިއަދުން މިއަދަށް މިވަނީ މަސައްކަތް ކުރަން ޖެހިފައެވެ

ޓެގް

ދިރާސާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.