ބޭނުންވާ ތަކެތި
1 ބިސް
66ގ. މާޖިރިންގ
10ގ. އީސްޓް
500ގ. ފުށް
66ގ. ހަކުރު
7ގ. ލޮނު
50ގ. ހިކި ކިރު
ފެން
ތައްޔާރުކުރާނެ ގޮތް
މާޖިރިންގ ފިޔަވާ އެހެން ހުރިހާ އެއްޗެއް އެއްކޮށްފައި މޮޑެލާށެވެ. އެއަށްފަހު މާޖިރިންގ ކޮޅު އެއްކޮށްލާށެވެ. ރަގަޅަށް ހުރިހާ އެއްޗެއް އެއްކުރުމަށް ފަހު ރަބަރު ކޮތަޅެއްގައި 30 މިނިޓްވަންދެން ބަންދުކޮށްފައި ބަހައްޓާށެވެ. ދެން ރޮށި ދަމާހެން 2/1 އިންޗި ހުންން ވަރަށް ދަމާފައި ކުކީ ކަޓަރ ( ވަށް ) އަކުން ކަފާށެވެ. އަދި އިތުރު 5 މިނެޓް ބެހެއްޓުމަށް ފަހު ތެލުލާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...