ދުނިޔެ ސައުދީޢަރަބިޔާއިން ތުރިމްސާގެ ޤަތުލުއާންމު ކުށްވެރިކޮށްފި

ސައުދީޢަރަބިޔާއިން ތުރިމްސާގެ ޤަތުލުއާންމު ކުށްވެރިކޮށްފި

ސައުދީޢަރަބިޔާއިން ތުރިމްސާގެ ޤަތުލުއާންމު ކުށްވެރިކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސީރިއާގެ އަވަށެއްކަމުގައި ތުރިމްސާގައި ބައްޝާރުލް އަސަދުގެ ސިފައިން ހިންގާފައިވާ ޤަތުލުއާންމު ސައުދީޢަރަބިޔާގެ މިނިސްޓަރުންގެ ކައުންސިލުން ވަރަށް  ބޮޑަށް ކުށްވެރިކުރައްވާފިއެވެ.

ދެ ޙަރަމްގެ ޚާދިމް، ރަސްގެފާނު ޢަބްދުﷲ ރިޔާސަތު ބަލަހައްޓަވާ ސަޢުދީޢަރަބިޔާގެ ކައުންސިލުން ހާމަކުރައްވާފައިވާގޮތުގައި ތުރިމްސާގައި ބައްޝާރުލް އަސަދުގެ ސިފައިން ހިންގާފައިވާ މި ލާއިންސާނީ ޖަރީމާއަކީ އެޤައުމުގެ ނިކަމެތި މުސްލިމުންނާއި ދެކޮޅަށް ހިންގާފައިވާ ޓެރަރިސްޓެ ޢަމެލެކެވެ.

ބައްޝާރުލް އަސަދުގެ އަނިޔާވެރި ސަރުކާރާއި ދެކޮޅަށް އދ. އިން ވަގުތުން ފިޔަވަޅު އަޅައި އެޤައުމުގެ އާންމު ރައްޔިތުންނަށް ސަލާމަތްތެރިކަން ހޯދައިދިނުމަށް ސަޢުދީޢަރަބިޔާގެ ކެބިނެޓުންވަނީ ގޮވާލައްވާފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބައްޝާރުލް އަސަދުގެ ސަރުކާރުން ހިންގި މިއަނިޔާވެރި ޢަމަލުގައި ތުރިމްސާގެ މުސްލިމު އާއިލާތައް ކަތިލައި ވަރަށް ރަޙުމްކުޑަގޮތަކަށް އެއަވަށުގެ ކުދިބޮޑު އެންމެން މަރާލާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.