ދުނިޔެ އަރަފާތަށް ޒަހަރުދީ އަވަހާރަކޮށްލީ އިޒްރޭލުން- ނާޞިރް އަލްކިދްވާ

އަރަފާތަށް ޒަހަރުދީ އަވަހާރަކޮށްލީ އިޒްރޭލުން- ނާޞިރް އަލްކިދްވާ

އަރަފާތަށް ޒަހަރުދީ އަވަހާރަކޮށްލީ އިޒްރޭލުން- ނާޞިރް އަލްކިދްވާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރް އަރަފާތަށް ޖަހަރުދީގެން އެމަނިކުފާނު އަވަހާރަކުރީ އިޒްރޭލުން ކަމުގައި ޔާސިރް އަރަފާތު ފައުންޑޭޝަންގެ ރައީސް، އަރަފާތަށް ބޮޑުބޭބެ ކިޔާ ނާޞިރް އަލްކިދްވާ ވިދާޅުވެއްޖެއެވެ.

"ޒަހަރު ދީގެން ޔާސިރް އަރަފާތު އަވަހާރަކުރުމުގެ ތުހުމަތު އަޅުގަނޑުމެން ކުރަނީ އިޒްރޭލުގެ މައްޗަށް،" އޭފްޕީއަށް ދެއްވި ބަސްދީގަތުމެއްގައި ކިދްވާ ހާމަކުރެއްވިއެވެ.

"މިކަމުގައި ބައިވެރިވި ހުރިހާ ފަރާތްތައް ޝަރީޢަތުގެ ކުރިމައްޗަށް ގެނެވި ޙައްޤު އަދަބު ދެވެންޖެހޭނެ،" ކިދްވާ ވިދާޅުވިއެވެ.

އަރަފާތު އަވަހާރަވެފައިވަނީ ޤުދްރަތީ މަރަކުން ނޫންކަމަށާއި އަދި އަރަފާތު އަވަހާރަކޮށްލާފައިވަނީ ޕުލޯނިއަމް ނަމަކަށް ކިޔާ ރޭޑިއޯއެކްޓިވް ވިހަ މާއްދާއެއް ދީގެންކަމަށް ބެލެވޭކަން ފެންމަތިވެފައިވަނީ މިމަހު ކުރީކޮޅު އަލްޖަޒީރާ ޗެނަލުން ސްވިޒަލޭންޑުގެ ކަމާބެހޭ މާހިރުން ލައްވާކޮށްފައިވާ ތަހްލީލީ ރިޕޯޓަކުންނެވެ.

މިކަމާއި ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ ތަރުޖަމާނު ވަނީ ކިދްވާގެ ތުހުމަތަށް އިންކާރުކޮށްފައެވެ. އަދި އަރަފާތު އަވަހާރަކޮށްލުމުގައި އިޒްރޭލުގެ އެއްވެސް އަތެއް ނުވާނޭކަމުގައި އޭނާ ބުނެފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.