އޭޝިއާ ޕާކިސްތާނުގެ އަސްކަރީ ކޭމްޕަކަށް ހަނގުރާމަވެރިންދިން ހަމަލާއެއްގައި 7 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ އަސްކަރީ ކޭމްޕަކަށް ހަނގުރާމަވެރިންދިން ހަމަލާއެއްގައި 7 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ އަސްކަރީ ކޭމްޕަކަށް ހަނގުރާމަވެރިންދިން ހަމަލާއެއްގައި 7 މީހުން މަރުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕާކިސްތާނުގެ އަސްކަރީ ކޭމްޕަކަށް ހަނގުރާމަވެރިން ހޯމަ ދުވަހު ދިން ވަރުގަދަ ހަމަލާއެއްގައި 6 ސިފައިންގެ މީހަކާއި ފުލުސް އޮފިސަރެއް މަރުވެއްޖެކަމަށް އެޤައުމުގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.

"ގެއްލިގެން ހޯދާ ޕައިލެޓެއް ހޯދަންވެގެން އެސިފައިންގެ ގްރޫޕް ތިބީ ކޯރެއްގެ އައްސޭރިފަށުގައި ކޭމްޕުޖަހައިގެން. މިއަދު، ވަރަށް ހެނދުނާ، ހަނގުރާމަވެރިންގެ ބަޔަކު އެސިފައިންގެ ކޭމްޕަށް ބަޑިން ހަމަލާދީ ސިފައިންގެ 6 އޮފިސަރުންވަނީ ޝަހީދުކޮށްލާފަ،" އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޕާކިސްތާނުގެ ފުލުހުން ހާމަކޮށްފައިވާގޮތުގައި ލާހޯރުގެ އުތުރަށް 100 ކިލޯމީޓަރު ދުރުގައި އޮންނަ ވަޒީރާއާބާދުގެ ސިފައިން ޓެންޓުޖަހައިގެން ތިބި ސަރަހައްދަށް ހަނގުރާމަވެރިން ގޮސްފައިވަނީ 2 ސައިކަލުންނާއި އަދި ކާރެއްގައިކަމަށާއި އަދި ހަމަލާދިނުމަށް އެސަރަޙައްދުން ފިލާފައިވާކަމަށެވެ.

ތާލިބާނުންގެ ނޫފޫޒު އެންމެ ބޮޑަށް އޮންނަ ޕާކިސްތާނުގެ ހުޅަނގު އުތުރު ސަރަޙައްދުތަކުގައި ސިފައިންނަށް އަމާޒުކޮށް ހަނގުރާމަވެރިންދަނީ ދޭތެރެ ދޭތެރެއިން މިފަދަ ހަމަލާދެމުންނެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން އެޤައުމުގެ ޚަބަރުފަތުރާ ވަސީލަތްތަކަށް މަޢުލޫމާތުދީފައިވާގޮތުގައި ސިފައިންދަނީ މިހާދިސާ ތަޙްޤީޤްކުރަމުންނެވެ. މިހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާޢަތަކުން ނަގާފައި ނުވާކަމުގައި ޚަބަރު ލިބެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.