އެމީހަކު މާތް ﷲ އަށްޓަކައި ކުރާ ހޭދައަކީ ފަހަށް ރައްކާކުރެވޭ އެއްޗެއް ކަމަށާއި އަދި މާތް ﷲ ވަނީ އެމުދަލުން ހޭދަކުރުމަށް އަމުރު ކުރައްވާފައިވާ ކަމަށް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޝައިޚް ސަމީރު މިހެން ވިދާޅުވީ "ހޭދަކުރުން" މިމަޢުލޫއަށް ޖަމްއިއްޔަތުއްސަލަފުގެ ވެބްސައިޓްގައި ޝާއިޢު ކޮށްފައިވާ ހަފުތާގެ ނަޞޭހަތުގެ ބަސްކޮޅުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ދުނިޔޭގައި އޭނާ ކާއެއްޗެއް އޭނާ ހުސްކޮށްލާ، އޭނާގެ އަމިއްލަ ހަށިގަނޑަށް އަދި އެނޫންކަމަކަށް އޭނާ ޚަރަދު ކުރާއެއްޗެއްވެސް އެހިސާބުން ހުސްވެދޭ، އެހެންނަމަވެސް ﷲއަށްޓަކައި އޭނާކޮށްފައި އޮންނަ ހޭދައެއް އެއީ އޭނާ ފަހަށް ރައްކާކުރާ އެއްޗެއް" ޝައިޚް ސަމީރު ވިދާޅުވިއެވެ. އަދި ހޭދަކުރުމުގެ މާތްކަމާއި ގުޅޭ ގޮތުން ދަލީލު ގެންނަވަމުން ޝައިޚް ސަމީރު ވިދާޅުވީ ﷲ ސުބުޙާނަހޫ ޥަތާޢާލާ ގެ ރަޙްމަތްވަންތަ ކަމުން، މަރު ވުމަށްފަހު ވެސް އަޅުގަނޑުމެންނަށް ދަރުމައާއި ޘަވާބު ލިބިލިބި ހުންނާނެ ހެޔޮކަމުގެ ގިނަ ތަފާތު މަގުތައް މާތް ﷲ އަޅުގަނޑުމެންނަށް ދައްކަވާފައިވާކަމަށެވެ.
ނަޞޭހަތްކޮޅު ނިންމަވާލައްވަމުން ކޮންމެ ބޭފުޅެއްވެސް އެމީހެއްގެ ފެންވަރުން މާތް ﷲ ގެ މަގުގައި ހޭދަކުރުމަށް ޝައިޚް ނަޞޭހަތްތެރިވެލެއްވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...