ރާއްޖޭގެ ޚަބަރު މާތް ﷲ ޙަރާމް ކޮށްފައިވާ ކިތައްމެ ކުޑަ ކަމެއް ވިޔަސް އެކަމެއް ކޮންމެވެސް ދުވަހަކުން ދެކޭނެ: އައްޝައިޚް މުޙައްމަދު މޫސާ

މާތް ﷲ ޙަރާމް ކޮށްފައިވާ ކިތައްމެ ކުޑަ ކަމެއް ވިޔަސް އެކަމެއް ކޮންމެވެސް ދުވަހަކުން ދެކޭނެ: އައްޝައިޚް މުޙައްމަދު މޫސާ

މާތް ﷲ ޙަރާމް ކޮށްފައިވާ ކިތައްމެ ކުޑަ ކަމެއް ވިޔަސް އެކަމެއް ކޮންމެވެސް ދުވަހަކުން ދެކޭނެ: އައްޝައިޚް މުޙައްމަދު މޫސާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޝެއިޚް މުހައްމަދު މޫސް. ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާގު

މާތް ﷲ ޙަރާމް ކޮށްފައިވާ ކިތައްމެ ކުޑަ ކަމެއް ވިޔަސް އެކަމެއް ކޮންމެވެސް ދުވަހަކުން ދެކޭނެކަމަށް އައްޝައިޚް މުޙައްމަދު މޫސާ ވިދާޅުވެއްޖެއެވެ.

ޝައިޚް މުޙައްމަދު މޫސާ މިހެން ވިދާޅުވީ ކޮންމެ ބުރާސްފަތި ދުވަހެއްގައި ޖަމްޢިއްޔަތުއް ސަލަފުގެ ވެބްސައިޓްގައި ޝާއިޢު ކުރަމުން އަންނަ "ހަފްތާ ނަޞޭޙަތް" ގެ 16 ވަނަ ޢަދަދުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ބައެއް މީހުން ފާފަތަކަށް އަރައިގަންނަންވީމައި ތަފާތު އެތައްއެތައް ބަހަނާތަކެއް ދައްކާ، މިއީ ވަރަށް ކުޑަކުޑަ ފާފައެކޭ، މިއީ މާބޮޑުކަމެއް ނޫނެއްނޫންހޭ، އެންމެ ފަހަރަކު ކޮށްލިއަސް ރަނގަޅުވާނެއޭ...މިކަހަލަ އެތައްއެތައް ބަހަނާތަކެއް ދެއްކުމަށްފަހުގައި ފާފަތަކަށް މީސްތަކުން އަރައިގަނޭ" ޝައިޚް ވިދާޅުވިއެވެ. ޝައިޚް ވިދާޅުވީ މަރުވުމުގެ ކުރިން ވެސް ފާފަވެރިޔާ، އޭނާ ކުރި ކަންތަކުގެ ނަތީޖާ ﷲ ސުބުޙާނަހޫ ޥަތަޢާލާ ދައްކަވާނެ ކަމަށެވެ. އަދި ޤިޔާމަތް ދުވަހުން ޢަޛާބާއި ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނެރުނު "ހަފްތާ ނަޞޭޙަތް" 16 ވަނަ އަދަދު ނިންމަވާ ލައްވަމުން އެއްވެސް މީހަކު ފާފައަކަށްވާ ފަދަ ކަމަކަށް އަރައިނުގަތުމަށް ނަޞޭހަތްތެރިވެލެއްވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.