ދިއިސްލާމް މުޖްތަމަޢަށް ދޫކޮށްލާ މަސްތުވާތަކެތީގެ އަހުލުވެރިން ދޫކޮށްލެވޭއިރު ފަރުވާ ފުރިހަމައަކަށް ނުލިބޭ: ހެލްތު މިނިސްޓަރ

މުޖްތަމަޢަށް ދޫކޮށްލާ މަސްތުވާތަކެތީގެ އަހުލުވެރިން ދޫކޮށްލެވޭއިރު ފަރުވާ ފުރިހަމައަކަށް ނުލިބޭ: ހެލްތު މިނިސްޓަރ

މުޖްތަމަޢަށް ދޫކޮށްލާ މަސްތުވާތަކެތީގެ އަހުލުވެރިން ދޫކޮށްލެވޭއިރު ފަރުވާ ފުރިހަމައަކަށް ނުލިބޭ: ހެލްތު މިނިސްޓަރ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިނިސްޓަރ އޮފް ހެލްތު ޑރ.ޖަމްޝީދު، ފޮޓޯ:މިއަދު ނިވްސް

ފަރުވާ ދިނުމަށްފަހު މުޖްތަމަޢަށް ދޫކޮށްލާ މަސްތުވާތަކެތީގެ އަހުލުވެރިން މުޖްތަމަޢަށް ދޫކޮށްލެވެނީ އެމީހުންނަށް ލިބިދޭންޖެހޭ ފަރުވާ ފުރިހަމައަށް ނުލިބިކަމަށް މިނިސްޓަރ އޮފް ހެލްތު ޑރ. އަހްމަދު ޖަމްޝީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޖަމްޝީދު މިހެން ވިދާޅުވީ ހުޅުމާލޭގައި އަލަށް ޢިމާރާތްކުރާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް އަލަށް ހަދާ ޢިމާރާތުގެ ކޮންޓްރެކްޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ބައިވެރިންނާއި މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގަ އެވެ.

ޖަމްޝީދު ވިދާޅުވީ މިމައްސަލައަކީ ކުރިންވެސް ވަރަށް ބޮޑަށް ދިމާވެފައިވާ މައްސަލައެއް ކަމަށާއި، ހުޅުމާލޭގައި މިއިމާރާތްކުރާ ސެންޓަރ ނިމުމުން ފަރުވާ ހޯދުމަށްފަހު މުޖުތަމަޢަށް ނިކުތުމުގެ ކުރިން އެމީހުންނަށް ވަޒީފާ ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ޢާއިލާއާ މެދު އޮންނަ ގުޅުން ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމުގެ އިތުރުން، މަސްތުން ސާފުވެ ހުރުމަށް ދިމާވާ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ހާފްވޭ ހައުސިންގ އެހީތެރިކަން ފޯރުކޮށްދޭނޭ ކަމަށެވެ.

އަދި އިތުރަށް މިނިސްޓަރ ވިދާޅުވީ މިޢިމާރާތް ނިމުމުން މިހާރަށްވުރެ ބޮޑަށް މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެކަމަށާއި، މަސްތުވާތަކެތިން ދުރުކުރުމަށް މިދެވޭ ފަރުވާގެ ޚިދުމަތް މިހާރަށްވުރެ ހަރުދަނާވެ، ފުޅާވެގެންދާނެ ކަމަށެވެ.

މި މަސައްކަތަށް ކެރެޑިޓާރސް އިޓާލިއާނާގެ ފަރާތުން ހިލޭ އެހީގެ ގޮތުގައި 6 މިލިޔަން ރުފިޔާ ލިބިފައިވާއިރު ދައުލަތުގެ ބަޖެޓުން 2.7 މިލިޔަން ރުފިޔާ މިމަސައްކަތަށް ޚަރަދުކުރާނެކަމަށްވެސް ހެލްތު މިނިސްޓްރީއިން މަޢުލޫމާތު ދެއެވެ.

މަސްތުވާތަކެތި ބޭނުންކުރާ ކުދިންނަށް އިތުރު ފަރުވާ ދިނުމަށް އަޅާ ހާފްވޭ ހައުސް ޢިމާރާތް ކުރުމަށް ސަރުކާރާ އެކު މި އެއްބަސްވުމުގަ ސޮއިކޮށްފައި ވަނީ އެސް.ޖޭ. ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ އިންނެވެ.

މި ޢިމާރާތުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ނުވަތަ ފެށޭ އަހަރު ކުރީކޮޅު ނިމޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.