ޔޫރަޕު މަސްތުވާތަކެތީގެ ޑީލަރުންތަކަކަށް އެހީވާ ގުރައެއް އަތުލައިގަނެ ޖަލަށްލައިފި

މަސްތުވާތަކެތީގެ ޑީލަރުންތަކަކަށް އެހީވާ ގުރައެއް އަތުލައިގަނެ ޖަލަށްލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

މަސްތުވާތަކެތީގެ ޑީލަރުންތަކަކަށް އެހީވާ ގުރައެއް އަތުލައިގަނެ ޖަލަށްލައިފިއެވެ.

ކޮލަންބިއާގެ ފުލުހުންނާއި ހަވާލާދީ ކޮލަންބިއާގެ މީޑިއާތަކުން ހަބަރުދޭ ގޮތުގައި މިގުރާ އަތުލައިގަތީ ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައެވެ. ކޮލަމްބިއާގެ ނޫހަކުން ހަބަރުދޭގޮތުގައި ޑްރަގް ޑީލަރުންތަކެއް އަތުލައިގަތުމަށް 300 ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮން ގުރާ ގޮވާލާފައިވަނީ 'ރަން، ރަން އޯ ދަ ކެޓް ވިލް ގެޓް ޔޫ' ކަމަށާއި އެވަގުތު އެޑީލަރުންތައް ފިލާފައިވާކަމަށެވެ. އަދި ގުރާ އަތުލައިގަނެ ޖިޕަށް ލައިގެން ގެންދިޔަ އިރުވެސް 'ރަން.. ރަން' ގޮވަމުންދިޔަ ކަމަށެވެ.
ފުލުހުން ވިދާޅުވާގޮތުގައި މިގުރާގެ ދައުރަކީ ފުލުހުންގެ ހަރަކާތްތައް ބެލުމާއި ޑްރަގް ޑީލްކުރާ އޭގެ ވެރިޔާއަށް އޭގެ ހަބަރު ފޯރުކޮށްދިނުން ކަމުގައެވެ. އަދި ފުލުހުންގެ ހަރަކާތްތައް ބަލާ ޑީލަރުންގެ ކައިރި ހިސާބުތަކަށް ފުލުހުން އައުމުން އެކަމުގެ އިޝާރާތެއް އޭގެ ވެރިޔާއަށް ދެމުންދާކަމަށާއި މިގުރާ ޓްރޭން ކޮށްފައިވަނީ ޑްރަގް ޑީލަރުންނަށް އެހީވުމަށްކަމަށްވެސް ކޮލަންބިއާގެ ފުލުހުން ހާމަކުރެއެވެ.

ކޮލަންބިއާގެ ފުލުހުން ހާމަކުރާގޮތުގައި ގުރާ އަތުލައިގަނެވިފައިވާއިރު ގުރާ އާއިއެކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއި ހަތިޔާރުވެސް އަތުލައިގަނެފައިވާކަމަށެވެ. ގުރާގެ 'މިޝަން' ނާކާމިޔާބުކޮށް އޭތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ޖަލުގައި ހައްޔަރުކޮށްފައިވާއިރު މިއޮޕަރޭޝަންގައި ގުރާގެ އިތުރުން 4 މީހުންނާއި ހަތިޔާރާއި މަސްތުވާތަކެތިވަނީ އަތުލައިގެންފައެވެ.

ކޮލަންބިއާގައި ޑްރަގް ޑީލަރުން ޓްރޭންކޮށްގެން ގުރާ ގެންގުޅުމަކީ އާންމު ކަމެކެވެ. މިހާތަނަށް އެފަދަ 1700 އަށްވުރެ ގިނަ ގުރާ ވަނީ އަތުލައިގެންފައެވެ.

ޓެގް

ޔޫރަޕް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.