ރާއްޖޭގެ ޚަބަރު ޝައިޠާނާގެ މަސައްކަތަކީ އަބަދުވެސް ބާޠިލަކީ ޒީނަތެއް ކަމުގައި ދެއްކުން: ޝައިޚް ޙައިޝަމް

ޝައިޠާނާގެ މަސައްކަތަކީ އަބަދުވެސް ބާޠިލަކީ ޒީނަތެއް ކަމުގައި ދެއްކުން: ޝައިޚް ޙައިޝަމް

ޝައިޠާނާގެ މަސައްކަތަކީ އަބަދުވެސް ބާޠިލަކީ ޒީނަތެއް ކަމުގައި ދެއްކުން: ޝައިޚް ޙައިޝަމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޝެއިޚް ހައިޝަމް

"ބާޠިލް އެއީ ޒީނަތެއް ކަމުގައި އިންސާނުންނަށް ދެއްކުމަށް ޝައިޠާނާ އަބަދުވެސް މަސައްކަތް ކުރާ ކަމަށާއި އެހެން ކަމުން ޝައިޠާނާގެ ފިޔަވަޅުތަކުން ނުހިނގުމަށް ކީރިތި ޤްރްއާނުގައި މާތް ﷲ އަމުރު ކުރައްވާފައިވާ" ކަމަށް އައްޝައިޚް ޙައިޝަމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޙައިޝަމް މިހެން ވިދާޅުވީ ޖަމްޢިއްޔަތުއް ސަލަފުން ނެރެމުންދާ "ހަފްތާ ނަޞޭޙަތު"ގެ އެންމެ ފަހުގެ އަދަދުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޝައިޚް ވިދާޅުވީ "މުޖުތަމައުގެ ބަޠަލުންގެ ގޮތުގައި މަޝްހޫރު ފިލްމްސްޓަރުންނާއި ފަންނާނުން ޒީނަތްތެރިވެގެން ގޮސްފައިވާ ކަމަށާއި މިއީ ބާޠިލް އަކީ ޒީނަތެއް ކަމުގައި ދެއްކުމަށް އަޅުގަނޑުމެންގެ ތެރޭގައި ކުރެވޭ ކަމެއް" ކަމުގައެވެ.
"ޝައިޠާނާގެ ފިޔަވަޅުތަކުގެތެރެއިން، ބާޠިލް އެއީ ޒީނަތެއްކަމުގައި ދެއްކުމުގެތެރޭގައި އަޅުގަނޑުމެންގެތެރޭގައި މަޝްހޫރު ފަންނާނުންނާއި، ފިލްމްސްޓާރުންނާއި އެބައިމީހުންނަކީ އެއީ މުޖުތަމަޢުގައި އަބްޠާލުން، ބަޠަލުންގެ ގޮތުގައި މިއަދު އެބައިމީހުންވަނީ ޒީނަތްތެރިވެގެން ގޮސްފައި، އެހެންކަމުން މިފަދަ އެންމެހައި ކަންތައްތަކަކީ އަޅުގަނޑުމެންނަށް ޝައިޠާނާ ބާޠިލުގެތެރެއިން ޒީނަތްތެރިކޮށް އެއީ ޙައްޤުކަމުގަ މީސްތަކުންނަށް ދައްކައިދީފައިވާ އޭނާގެ ދަންތޫރައިގެތެރެއިން ހިމެނޭ ކަންކަން، އެހެންވީމާ ﷲ ސުބުޙާނަހޫ ޥަތަޢާލާ އެފަދަ ކަންކަމުން ދުރުހެލިވުމަށްޓައި މުސްލިމުންނަށްވަނީ އަމުރުކުރައްވާފައި." ޝައިޚް ވިދާޅުވެފައިވެއެވެ.

"ޝައިޠާނާގެ ދަންތުރައިގައި ނުޖެހި، ޙައްޤު އެއީ ޙައްޤުކަން ދެކި އަދި ބާޠިލް އަކީ ބާޠިލްކަން ދެކިގެން ކޮންމެ މުސްލިމެއް ވެސް އުޅެން ޖެހޭނެ"ކަމަށް ޝައިޚް ޙައިޝަމްގެ ވާހަކަފުޅު ނިންމަވާ ލައްވަމުން ވިދާޅުވިއެވެ.
"ހަފްތާ ނަޞޭޙަތް" މިއީ ކޮންމެ ބުރާސްފަތި ދުވަހެއްގައި ޖަމްޢިއްޔަތުއް ސަލަފުން، އެޖަމްޢިއްޔާގެ ވެބް ސައިޓްގައި ޝާއިޢު ކުރަމުންދާ ނަޞޭޙަތްކޮޅެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.