އަރަބިދުނިޔެ ސީރިއާގައި ހިނގަމުންދާ މުޒާހަރާގައި މިހާތަނަށއ 9000 މަރު - ޔޫއެން

ސީރިއާގައި ހިނގަމުންދާ މުޒާހަރާގައި މިހާތަނަށއ 9000 މަރު - ޔޫއެން

ސީރިއާގައި ހިނގަމުންދާ މުޒާހަރާގައި މިހާތަނަށއ 9000 މަރު - ޔޫއެން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

AP Photo/Rodrigo Abd

ސީރިއާގައި  ހިނގަމުންދާ މުޒާހަރާތަކުގައި މިހާތަނަށް 9000 މީހުން މަރުވެފައިވާކަމަށް ޔޫއެންއިން ނެރުނު ރިޕޯރޓެއްގައި ހާމަކޮށްފިއެވެ.

ބައްޝާރުގެ ވެރިކަމާއި ދެކޮޅަށް ސީރިއާގެ ރައްޔިން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގައި މަރުވެފައިވާ މީހުންގެ އަދަދު  ޔޫއެންއިން ހާމަކޮށްފައިވާއިރު މިއީ ކުރިން ލަފާ ކުރި އަދަދަށްވުރެ 1000 އިތުރު އަދަދެއްކަމަށް  ޔޫއެންއިން ހާމަކުރެއެވެ. ޔޫއެންއިން ދާދިފަހުން މިރިޕޯޓް އާންމުކޮށްފައިވާއިރު ސީރިއާގެ މުޒާހަރާތައް އިތުރަށް  ދަނީ ވަރުގަދަ ވަމުންނެވެ. އަދި އާންމުންނާއި ދެކޮޅަށް އަސަދުގެ ސަރުކާރުން ބާރުގެ ބޭނުންކުރާތީ އެކި ޤައުމުތަކުން ދަނީ ކަންބޮޑު ވުން ފާޅުކުރަމުންނެވެ.

ސީރިއާގައި ކުރިއަށްދާ މުޒާހަރާތަކުގައި ގިނަ އަދަދެއްގެ އާންމުން މަރުވަމުންދާއިރު މިދިޔަ އަހަރު ސީރިއާގެ ރައީސް ބައްޝާރުލް އައްސަދު ވަނީ އާންމުންނަށް ބާރުގެ ބޭނުން ނުކުރާނެކަމުގެ ޔަގީންކަން ޔޫއެންގެ ސެކެޓްރީޖެނެރަލްއަށް ދީފައެވެ. އެހެނަސް ސީރިއާގެ ސަލާމަތީ ބާރުތަކުން ދަނީ ސަރުކާރާއި ދެކޮޅު ފަރާތްތަކަށް ބާރުގެ ބޭނުން ކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.