އަރަބިދުނިޔެ ސީރިޔާގައި ހިންގަމުން ގެންދާ ޖަރީމާތައް ކުށްވެރިކޮށް އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ކައުންސިލުން ޤަރާރެއް ފާސްކޮށްފި

ސީރިޔާގައި ހިންގަމުން ގެންދާ ޖަރީމާތައް ކުށްވެރިކޮށް އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ކައުންސިލުން ޤަރާރެއް ފާސްކޮށްފި

ސީރިޔާގައި ހިންގަމުން ގެންދާ ޖަރީމާތައް ކުށްވެރިކޮށް އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ކައުންސިލުން ޤަރާރެއް ފާސްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސޫރިޔާގެ ސަރުކާރުން މިހާރު ހިންގަމުން ގެންދާ  އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި ޢަމަލުތައް ކުށްވެރިކޮށް އިންސާނީ ޙައްޤު ތަކާބެހޭ ބައިނަލް އަޤްވާމީ ކައުންސިލުން ޤަރާރެއް ފާސްކޮށްފިއެވެ.

މި ޤަރާރު ފާސްކުރެވިފައިވަނީ އިންސާނީ ޙައްޤު ތަކާބެހޭ ކައުންސިލްގައި ހިމެނޭ 47ޤައުމު ތެރެއިން 37 ޤައުމުގެ ވޯޓުގެ އަޣްލަބިއްޔަތުންނެވެ. މިޤަރާރު ފާސްކުރުމަށް 4ޤައުމަކުން ވޯޓުގައި ބައިވެރިފައެއްނުވެއެވެ. އަދި 3 ޤައުމަކުން ވަކި ކޮޅަކަށް ވޯޓު ދީފައެއްނުވެއެވެ. ޗައިނާ އަދި ރަޝިޔާއިންވަނީ މި ޤަރާރު ފާސްކުރުމާ ދެކޮޅަށް ވޯޓު ދީފައެވެ.

މިދިޔަ އަހަރުގެ މާރޗް މަހުން ފެށިގެން ސޫރިޔާގެ ރައްޔިތުން އެޤައުމުގެ ސަރުކާރު ވައްޓާލުމަށް ދަނީ ޙަރަކާތްތައް ހިންގަމުންނެވެ. ނަމަވެސް މިހާރު އެޤައުމުގެ ޙާލަތުވަނީ ދާޚިލީ ހަނގުރާމައަކަށް ބަދަލުވެފައެވެ.

ސޫރިޔާގެ ސަރުކާރާ ދެކޮޅަށް ޢަސްކަރީ ޙަރަކާތްތައް ހިންގުމަށް ސޫރިޔާގައި އިދިކޮޅު ފަރާތްތަކުންވަނީ އިސްތިޝާރީ އޮފީހެއް ހިންގަން ފަށާފައެވެ. ސީރިއަން ނެޝަނަލް ކައުންސިލްގެ ރައީސް ޕްރޮފެސަރ ބުރްހާން ޢަލްޔޫން ހާމަކުރެއްވި ގޮތުގައި އެއޮފީހުގެ ބޭނުމަކީ ސޫރިޔާގެ ސަރުކާރު ވައްޓާލުމަށް ހަނގުރާމަ ކުރަމުން ގެންދާ ފަރާތްތަކަށް އިތުރު ތަމްރީން ދިނުމާއި ހަތިޔާރު ދިނުމުގެ ކަންތައްތައް ވަކި ޤަވާއިދު ތަކެއްގެމަތިން ކޯރޑިނޭޓް ކުރުންކަމަށެވެ. އަދި ސޫރިޔާގެ ސަރުކާރާ ދެކޮޅަށް ރައްޔިތުން ޞުލްޙަވެރިކަމާއިއެކު ހިންގަމުންގެންދާ ޙަރަކާތްތައްވެސް މެދު ކެނޑުމެއްނެތި ކުރިއަށްދާނެކަމަށްވެސް ވިދާޅުވިއެވެ.

އިންސާނީ ޙައްޤު ތަކާބެހޭ ބައިނަލް އަޤްވާމީ ކައުންސިލުން ފާސްކޮށްފައިވާ ޤަރާރުގައިވަނީ ސޫރިޔާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީއެހީ ދިނުމަށް އެދި ސޫރިޔާގެ ސަރުކާރަށް ގޮވާލާފައެވެ.

ޓެގް

ސީރިޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.