އެމެރިކާ ޕާކިސްތާނަކީ އެމެރިކާއަށް ވަރަށް މުހިއްމު ޤައުމެއް ކަމުގައި އެމެރިކާއިން ހާމަކޮށްފި

ޕާކިސްތާނަކީ އެމެރިކާއަށް ވަރަށް މުހިއްމު ޤައުމެއް ކަމުގައި އެމެރިކާއިން ހާމަކޮށްފި

ޕާކިސްތާނަކީ އެމެރިކާއަށް ވަރަށް މުހިއްމު ޤައުމެއް ކަމުގައި އެމެރިކާއިން ހާމަކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ބައިނަލްއަގުވާމީ މުޖުތަމައުގައި އެމެރިކާއަށް މިވަގުތު ކުރިމަތިވެފައިވާ ބޮޑެތި އަދި މުހިއްމު ގޮންޖެހުންތަކަށް ބަލާއިރު ޕާކިސްތާނަކީ އެމެރިކާއަށް ވަރަށް ވެސް މުހިއްމު ގައުމެއް ކަމަށާއި އެގައުމާ ގުޅުން ކަނޑާލުމަކީ އެމެރިކާއިން އެއްގޮތަކަށް ވެސް އެދޭ ކަމެއް ނޫން ކަމަށް ދުނިޔޭގައި މިހާރު އޮތް އެންމެ ބޮޑު ޓެރަރިސްޓް ޤައުމުކަމަށްވާ އެމެރިކާގެ ޚާރިޖިއްޔާއިން ހާމަކޮށްފިއެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާން މާކް ޓޯނާ ވިދާޅުވި ގޮތުގައި ސިޔާސީ ގޮތުންނާއި އަސްކަރީ ގޮތުން މިހާރަށް ވުރެ ގާތް އަދި ވަރުގަދަ ގުޅުމެއް ޕާކިސްތާނާ ގާއިމުކުރަން އެމެރިކާ ސަރުކާރުން އެދޭ ކަމަށެވެ. އޭނާ ވިދާޅުވީ ޕާކިސްތާނަކީ ގުޅުން ކަނޑާލާ ވަރަށް ވުރެ މާ މުހިންމު ގައުމެއް ކަމަށެވެ.

ޕާކިސްތާނަކީ އެމެރިކާ އިން ޓެރަރިޒަމާ ދެކޮޅަށް ކުރިއަށް ގެންދާ ބައިނަލްއަގުވާމީ ހަރަކާތަށް އެންމެ ބޮޑު އެއްބާރުލުމެއް ދެމުން އަންނަ އެއް ގައުމެވެ. އަފްޣާނިސްތާނު ހަނގުރާމަ ކާމިޔާބުކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތުގައި ވެސް އެންމެ ބޮޑު އެއްބާރުލުމެއް އެމެރިކާ އަށް ދޭ ހަމައެކަނި ގައުމަކީ ޕާކިސްތާނެވެ.

ޕާކިސްތާނާއި އެމެރިކާއާއި ދެމެދު އޮތް ގާތް ގުޅުން ގޯސްވުމުގެ އަސްލަކީ މެދުކެނޑުމެއް ނެތި އެމެރިކާއިން ޕާކިސްތާނުގެ ގަބީލާ ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކެވެ. އެންމެފަހުން ދެ ގައުމުގެ ގުޅުން ގޯސްވީ އަފްޣާނިސްތާނާއި ޕާކިސްތާނުގެ ސަރަހައްދީ އިން ކައިރިއަށް އެމެރިކާއިން ދިން މިސައިލް ހަމަލާއެއްގައި ޕާކިސްތާނު ސިފައިންގެ 24 މީހަކު މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު މަރުވުމާ ގުޅިގެންނެވެ.

ހަނގުރާމަވެރިންނަށް އަމާޒުކޮށް އެމެރިކާ ސިފައިން ޕާކިސްތާނުގެ ގަބީލާ ސަރަހައްދުތަކަށް ދޭ ހަމަލާތަކުގައި ޕާކިސްތާނުގެ ސިފައިންނާއި އާންމުން މަރުވުމަކީ އާންމު ކަމެކެވެ. އެމެރިކާއިން އެންމެފަހުން ބުނެފައިވަނީ ޕާކިސްތާނު ސިފައިންނަށް އަމާޒުވި ހަމަލާއަކީ ރައްދުގައި ދިން ހަމަލާއެއް ކަމަށެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާ ސިފައިން ޕާކިސްތާނުގެ ގަބީލާ ސަރަހައްދުތަކަށް ހަމަލާ ދެނީ އެގައުމާ އެކު ގާއިމުކޮށްފައިވާ ސިއްރު ގުޅުމެއްގެ ދަށުންނެވެ. ޕާކިސްތާނުގެ ބައެއް ސަރަހައްދުތަކަށް އެއްގަމު މަގުން އަރައި ހަނގުރާމަވެރިންނާ ދެކޮޅަށް އަސްކަރީ ހަރަކާތްތައް ވަރުގަދަކުރުމަކީ ވެސް އެމެރިކާއިން ބޭނުންވާ ކަމެކެވެ.

މި މައްސަލަތަކާ އެކު އެމެރިކާ އާއި ޕާކިސްތާނުގެ ގާތް ގުޅުންވަނީ މިއިން ދުވަހަކު ގޯސް ނުވާ ވަރަށް މިހާރު ގޯސްވެފައެވެ. އަނެއްކޮޅުން ޕާކިސްތާނުގެ އެތެރޭގެ ބާރުތަކުގެ ކޯޅުންތައް ވެސް މިހާރު ވަނީ ވަރުގަދަވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.