ދިއިސްލާމް ގައްޒާފީ މަރާލުމުގައި އެމެރިކާ ސިފައިން ބައިވެރިވެފައިވޭ: ޕުޓިން

ގައްޒާފީ މަރާލުމުގައި އެމެރިކާ ސިފައިން ބައިވެރިވެފައިވޭ: ޕުޓިން

ގައްޒާފީ މަރާލުމުގައި އެމެރިކާ ސިފައިން ބައިވެރިވެފައިވޭ: ޕުޓިން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލީބިއާގެ ކުރީގެ ލީޑަރު ކާނަލް މުއައްމަރުލް ގައްޒާފީ އަވަހާރަކޮށްލުމުގައި އެމެރިކާ ސިފައިންގެ ހާއްސަ ފައުޖުތަކުން ބައިވެރި ވެފައިވާ ކަމަށް ރަޝިއާގެ ބޮޑުވަޒީރު ލަޑީމިއާ ޕޫޓިން ތުހުމަތުކުރައްވައި ވާހަކަ ދައްކަވައިފިއެވެ.

އާންމުންނަށް ބައިވެރިވެ ހިޔާލު ފާޅުކުރެވޭ ގޮތަށް ޕޫޓިން އަހަރަކު އެއް ފަހަރު ބާއްވާ ޕްރޮގްރާމްގައި، ގައްޒާފީގެ މަރާ ބެހޭ ގޮތުން އޭނާ ވިދާޅުވީ ގައްޒާފީ އަވަހާރަކޮށްލަށް ޖާސޫސީ މަތިންދާބޯޓް ބޭނުންކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި އެމެރިކާގެ ބޯޓްތައް ވެސް ހިމެނޭ ކަމަށެވެ.

ޕޫޓިން ވިދާޅުވީ ގައްޒާފީގެ ގާފިލާ އަށް ޑްރޯންތަކުން ހަމަލާ ދިނުމަށް ފަހު އެމެރިކާގެ ސްޕެޝަލް ފޯސަސްގެ މެންބަރުން ލީބިއާގެ އިދިކޮޅު ހަނގުރާމަވެރިންނަށް އަންގައިގެން އެ ތަނަށް ގެނެސް ގައްޒާފީ މަރާލީ ކަމަށެވެ. ގައްޒާފީގެ މަރަކީ އެމެރިކާ އިން ރާވައިގެން ކުރި ކަމެއްގެ ގޮތުގައި ތުހުމަތުކުރައްވަމުން ޕޫޓިން ވިދާޅުވީ އެމެރިކާ ސިފައިން ލީބިއާގައި އޭރު ތިބެގެން ވެސް ނުވާނެ ކަމަށެވެ. އަދި ގައްޒާފީ އަވަހާރަކޮށްލާފައި ވަނީ ތަހުގީގެއް، ޝަރީއަތެއް ނުހިންގައި ވަރަށް ލާއިންސާނީ ގޮތަކަށް ކަމުގައި ވިދާޅުވިއެވެ.

ލީބިއާގެ އާންމު ރައްޔިތުން ސަލާމަތްކުރުމަށް ކަމަށް ބުނެ އެ ގައުމަށް ވައިގެ މަގުން ހަމަލާ ދިނުމުގެ ހުއްދަ އ.ދ. އިން ނޭޓޯ އަށް ދިން ވޯޓު ފާސްވެފައި ވަނީ ރަޝިއާ އިން އެ ހުށަހެޅުން ވީޓޯ ކުރުމުގެ ބަދަލުގައި ވޯޓުގައި ބައިވެރިނުވުމުންނެވެ. ނަމަވެސް ނޭޓޯގެ ހަމަލާތައް ކުށްވެރިކުރައްވައި ޕޫޓިން ފަހުން ވާހަކަ ދައްކަވާފައިވެއެވެ.

ޕޫޓިން ވިދާޅުވީ ބަޔަކު ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ރަޝިއާ އިން ގެންގުޅޭ އަމިއްލަ ހާރިޖީ ސިޔާސަތު ބަދަލު ނުކުރާނެ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.