ބޭނުންވާ ތަކެތި:
3 ޖޯޑު ހަނޑޫ
1 މަސްދަޅު
2 ފިޔާ ބޮޑު ( ހިމުންކޮށް ކޮށާފައި)
އަސޭމިރުސް
ލޮނު
މިރުސް
ހިކަނދިފަތް
ރާނބާފަތްކޮޅެއް
ފޮނިތޮށި
ކާފޫރުތޮޅި
ރީނދޫކޮޅެއް
އަޖްނަމޮޓޯ
ފެން
ތައްޔާރުކުރާނެގޮތް:
ތަވާ އުނދުންމައްޗަށް އުދާލުމަށްފަހު ކުޑަ ތެޔޮ ފޮދެއް އަޅާލުމަށް ފަހު ހޫނު ވީމާ ފިޔާ، މިރުސް، ހިކަނދިފަތް،ރާނބާފަތް، އަޅާރަތް ކޮށްލާށެވެ. އެއައްފަހު އަސޭމިރުސް، ލޮނު ، ރީނދޫ، އަޖްނަމޮޓޯ، ކާފޫރުތޮޅި، ފޮނިތޮށި އަދި މަސްކޮޅު ރަންގަޅައް އެއްކޮށްފައި ހަނޑޫކޮޅު އެއްކޮށްލާށެވެ. 5 މިނެޓް ކެއްކުމައްފަހު ފެން އަޅައިގެން މަތި ޖަހައިނެން ހަނޑޫ މަޑުވަންދެން ކައްކާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...