ދިއިސްލާމް ބްރެޒިލްގައި ދުއްވާފައިދިޔަ ރޭލަކުން 50 މެޓްރިކް ޓަނުގެ ޒުވާރި ވަގަށް ނަގައިފި

ބްރެޒިލްގައި ދުއްވާފައިދިޔަ ރޭލަކުން 50 މެޓްރިކް ޓަނުގެ ޒުވާރި ވަގަށް ނަގައިފި

ބްރެޒިލްގައި ދުއްވާފައިދިޔަ ރޭލަކުން 50 މެޓްރިކް ޓަނުގެ ޒުވާރި ވަގަށް ނަގައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބްރެޒިލްގެ ވިޔަފާރި ބަނދަރު ސަރަހައްދެއް ކަމުގައިވާ ސަންޓޮޝްއަށް ދަތުރު ކުރަމުންދިޔަ ރޭލަކުން 50 މެޓްރިކް ޓަނުގެ ޒުވާރި އާއި 10 މެޓްރިކް ޓަނުގެ ހަކުރު ބަޔަކު ވަގަށް ނަގައިފިއެވެ. ފުލުހުން މިހާރު މިހާދިސާ ތަހުޤީޤު ކުރަމުންދާ ކަމަށާއި ވައްކަން ކުރި މީހުންނާއި ގެއްލުނު ތަކެތި ހޯދަމުންދާ ކަމަށް އޮފިޝަލުން ހާމަކޮށްފައިވެއެވެ.

ކާގޯ ރޭލު ވަގުންގެ ޓީމުން ހުއްޓުވާފައިވަނީ ރޭލު ދަގަނޑުގައި ގިރިސް އުނގުޅައިގެން އޭގެ ސްޕީޑް މަޑު ޖައްސާލައިގެން ކަމަށް މިހާތަނަށް ބެލި ބެލުންތަކުން އެނގޭކަމުގައި ފުލުހުން ހާމަކޮށްފައިވެއެވެ.

ބްރެޒިލްގެ ވެރިރަށް ރިއޯޑީ ޖެނީރޯ އާއި 180 މޭލު ދުރުން ދަތުރުކޮށްފައި ދިޔަ ރޭލުގެ ދުވެލި މަޑުޖައްސާލައިގެން ވަގުން މިތަކެތި ނަގާފައިވާއިރު، މިއީ ފަހަކަށް އައިސް ބްރެޒިލްގައި މިހާ ގިނަ ޢަދަދަކަށް ޒުވާރި އާއި ހަކުރު ވަގަށް ނެގި ހާދިސާކަމަށް ޚަބަރުތައް ބުނެއެވެ.

އާންމުގޮތެއްގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް ބްރެޒިލްގައި ގިނަކަމަށް ރެކޯޑުތަކުން ދެއްކި ނަމަވެސް، މިހާ ގިނަ ޢަދަދެއް އެއް ފަހަރާ ވަގަށް ނެގުމަކީ ވަރަށް ނާދިރު ކަމެކެވެ.

އޮފިޝަލުންވަނީ މިހާދިސާގެ ސަބަބުން ބޮޑު ގެއްލުންތަކެއް ލިބިގެންދާނެކަން ހާމަކޮށްފައެވެ. ޒުވާރި އާއި ހަކުރަކީ ބްރެޒިލްގައި އެންމެ ގިނަ ޢަދަދަކަށް އުފައްދާ އެކްސްޕޯޓު ކުރަމުން އަންނަ ދެބާވަތެވެ. ވައްކަމާއި ފޭރުމުގެ ސަބަބުން އެޤައުމުގެ އިޤްތިޞާދަށް ނޭދެވޭ އަސަރު ކުރަމުންދާއިރު، މިހާދިސާގެ ސަބަބުންވެސް އިތުރު ގެއްލުންތަކެއް ކުރިމަތި ވެގެންދާނެ ކަމުގައި އޮފިޝަލުން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.