ދިއިސްލާމް އޮކިއުޕައި ހަރަކާތުގެ 55 ބައިވެރިން ހައްޔަރުކޮށްފި

އޮކިއުޕައި ހަރަކާތުގެ 55 ބައިވެރިން ހައްޔަރުކޮށްފި

އޮކިއުޕައި ހަރަކާތުގެ 55 ބައިވެރިން ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމެރިކާގެ ސެންފްރެންސިސްކޯގެ ފެޑެރަލް ރިޒާވް ބިލްޑިންގ ގެ ބޭރުގައި ޤާނޫނާއި ޚިލާފަށް ކޭމްޕް ޖަހައިގެން ތިބި އޮކިއުޕައި ހަރަކާތުގެ މުޒާހަރާގެ ބައިވެރިންގެ 55 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

އޮފިސަރ އެލްބީ އެސްޕަރްޒާ މީޑިއާއަށް ހާމަކުރިގޮތުގައި މުޒާހަރާގެ ބައިވެރިން ހައްޔަރުކޮށްފައިވަނީ 24 ގަޑިއިރުތެރޭ ކޮންމެ ގަޑިއަކު އެއްފަހަރު އެމީހުންނަށް އިންޒާރުދިނުމަށް ފަހުއެވެ.

"މިފަދަ ހައްޔަރުކުރުންތަކަކީ ޢަދުލުވެރިކަމެއްކަމަށް މިސޓީ އިން ބަލަމުންދާކަމީ މިއީ ވަރަށް ޤަބޫލުކުރަން ދަތިކަމެއް،" އޮކިއުޕައި ސެންފްރެންސިސްކޯގެ ވެބްސައިޓުގައި ހާމަކޮށްފައިވެއެވެ. އޮކިއުޕައި ހަރަކާތުގެ ބައިވެރިންނަކީ، "ސިޔާސީގޮތުން ވަރަށް ބޮޑަށް ފިއްތާލާފައިވާ ބައެއް" ކަމަށް އެސައިޓުގައި ބުނެފައިވެއެވެ.

ތަންތަނަށް އެއްވެ އުޅުމުގެ މިނިވަންކަމަކީ ޤާނީނީ ގޮތުން ކޮންމެ މީހަކަށް ލިބިގެންވާ ޙައްޤެއްކަމަށާއި އެކަމާއި ދެކޮޅަށް ފުލުހުންނަށް އެއްވެސް ބާރެއް ބޭނުން ނުކުރެވޭނެކަމަށް މުޒާހަރާގެ ބައިވެރިން ވަކާލާތުކުރަމުންދިޔައެވެ.

މިދިޔަ ހަފްތާގެ ބުދަދުވަހު ސެންފްރެންސިސްކޯގެ ފުލުހުންވަނީ އޮކިއުޕައި ހަރަކާތުގެ 85 ބައިވެރިން ހައްޔަރު ކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.