ދިއިސްލާމް އިންޑިއާގެ މަޝްހޫރު ފިލްމީ ސުޕަރސްޓާރ އަމީތާބް ބައްޗަން ޤުރުއާން ކިޔަވަމުންދާ ކަމަށް ބުނެފި!

އިންޑިއާގެ މަޝްހޫރު ފިލްމީ ސުޕަރސްޓާރ އަމީތާބް ބައްޗަން ޤުރުއާން ކިޔަވަމުންދާ ކަމަށް ބުނެފި!

އިންޑިއާގެ މަޝްހޫރު ފިލްމީ ސުޕަރސްޓާރ އަމީތާބް ބައްޗަން ޤުރުއާން ކިޔަވަމުންދާ ކަމަށް ބުނެފި!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަމީތާބް ބައްޗަން - މިދުވަސްވަރު ކީރިތި ޤުރުއާން ކިޔަވަމުންދާ ކަމަށް އޭނާ ވަނީ ބުނެފައި

އިންޑިއާގެ މަޝްހޫރު ފިލްމީ ސުޕަރސްޓާރ އަމީތާބް ބައްޗަން މިދުވަސްވަރު ކީރިތި ޤުރުއާން ކިޔަވަމުންދާ ކަމަށް އޭނާ ބުނެފިއެވެ.

އަމީތާބުގެ ޓުވިޓަރ ޞަފްހާގައި އޭނާ ބުނެފައިވާ ގޮތުގައި ޤުރުއާން ކިޔަވަން ފެށީ ޓުވިޓަރގެ މެމްބަރަކު އޭނާ ގާތު ޤުރުއާން ކިޔެވުމަށް އެދުމުންނެވެ.

"ޓުވިޓަރގެ މެމްބަރަކު އަހަރެން ގާތު ބުނީ ހަމަހިމޭންކަމާ ސުލްހަ ހޯދުމަށް އަދި ދިރިއުޅުމުގެ އަސްލު ހޯދުމަށް ޤުރުއާން ކިޔަވަން. އަހަރެން އެކަން ކުރިން." އަމީތާބު ބުންޏެވެ.

އަމީތާބުގެ ޓުވިޓަރގައި ޤުރުއާނުގެ ބައެއް އާޔަތްތަކުގެ އިނގިރޭސި ތަރުޖަމާ ވެސް އިއްޔެ އޭނާ ވަނީ ނަކަލުކޮށް ލިޔެފައެވެ. އެގޮތުން އައް ރަޢްދު ސޫރަތުގެ 11 ވަނަ އާޔަތުގެ ބައެއްގެ މާނަ އަމީތާބު ލިޔެފައި ވެއެވެ. އެއީ :

"ހަމަކަށަވަރުން، ބަޔަކުމީހުންގެ ޙާލަތު އެބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށް ދާންދެން، ﷲ އެ ޙާލަތު ބަދަލެއް ނުކުރައްވާނެތެވެ. "

މި އާޔަތުގެ ތަރުޖަމާގެ އިތުރަށް އަމީތާބު ދެން ލިޔެފައިވަނީ އަލްއިސްރާ ސޫރަތުގެ 37 ވަނަ އާޔަތުގެ އިނގިރޭސި ތަރުޖަމާ އެވެ.

"އަދި ތިބާ، ބޮޑާވެގެން ބިމުގައި ހިނގައިނޫޅޭށެވެ! ހަމަކަށަވަރުން، ތިބާޔަކަށް ބިންގަނޑު ފޫވައްޓައެއް ނުލެވޭނެތެވެ. އަދި ފަރުބަދަތަކާ ހަމަޔަށް ދިގުވެގެންވެސް ތިބާޔަކަށް ނުދެވޭނެތެވެ."

އުމުރުން 69 އަހަރުގެ އަމީތާބަކީ ހިންދޫއެކެވެ. ބޭރުގެ ބައެއް މީޑިއާތަކުގެ ފަލަ ސުރުޚީގައި ވެސް މިހާރު މި ޚަބަރު ދަނީ ފެތުރެމުންނެވެ.

އަމީތާބުގެ ޓުވިޓަރގައި ލިޔެފައިވާ ބައެއް ލިޔުންތަކުގެ ސްކްރީންޝޮޓް

ޓެގް

އަމީތާބް ފިލްމީ ތަރި ޤުރުއާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.