ދިއިސްލާމް ތުރުކީ އެއަރލައިންގެ 28 ފްލައިޓް އެޓެންޑެންޓަކު ބަރުދަން ލުއިކުރުމަށް އަމުރުކޮށްފި

ތުރުކީ އެއަރލައިންގެ 28 ފްލައިޓް އެޓެންޑެންޓަކު ބަރުދަން ލުއިކުރުމަށް އަމުރުކޮށްފި

ތުރުކީ އެއަރލައިންގެ 28 ފްލައިޓް އެޓެންޑެންޓަކު ބަރުދަން ލުއިކުރުމަށް އަމުރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތުރުކީގެ އެއަރލައިންގައި މަސައްކަތްކުރާ 28 ފްލައިޓް އެޓެންޑެންޓުންގެ ބަރުދަން އެކަށީގެންވާ ވަރަށްވުރެ މަތިވެފައިވާ ކަމަށާއި ހަމަސް ދުވަހުގެ ތެރޭގައި ބަރުދަން ލުއިކޮށްގެން އައުމަށް އެއަރލައިންގެ ފަރާތުން އަމުރުކޮށްފިއެވެ.

 އޭގެތެރޭގައި ހިމެނެނީ 13 އަންހެނަކާއި 15 ފިރިހެނުންނެވެ. އެއަރލައިންގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި އެމުއްދަތުގެ ތެރޭގައި އެމީހުންގެ ބަރުދަން ލުއިނުކުރެވިއްޖެނަމަ، އެމީހުންނަށް ޖެހޭނީ އެހެން ވަޒީފާތަކަށް ނުކުތުމަށް ކަމަށެވެ.

 ކުންފުނީގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި 28 މުވައްޒަފުންނަށް ކުރިންވަނީ ބަރުދަން ލުއިކުރުމަށާއި ބަރުދަން އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށް ނަޞޭހަތްތެރި ވެވިފައެވެ. އެހެންކަމުން ކުރިއަށްއޮތް ހަމަސް ދުވަހުގެ ތެރޭގައި އެމަސައްކަތް ނިންމަންޖެހޭނީ މުސާރަ ނުލިބޭ ޗުއްޓީގައި ތިބެގެންކަމަށްވެސް ހާމަކޮށްފައިވެއެވެ.

 މީގެކުރިން ބައެއް ޕްރައިވެޓް އެއަރލައިންތަކުން ފްލައިޓް އެޓެންޑެންޓުންނަށް އެމީހުންގެ ބައްޓަން ރީތިކޮށް ބެހެއްޓުމަށާއި ބަރުދަން ހިފެހެއްޓުމަށް އަންގާފައިވެއެވެ. އަދި ބައެއް އެއަރލައިންތަކުން މިގޮތަށް މުވައްޒަފުން ވަކިކޮށްފައިވެސްވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.