
މަދަނީ އިއްތިހާދުން މިރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން – ދިއިސްލާމް ފޮޓޯ : މުޙައްމަދު އާދަމް (އުޑޭ)
ރާއްޖޭގައި ލާދީނީ ކަންތައްތައް ފަތުރަން މަސައްކަތްކުރަމުންދާތީ އެކަންތައްތައް ހުއްޓުވުމަށްޓަކައި އިސްލާމްދީނުގެ ޙިމާޔަތުގައި ވަރުގަދަ ތެދުވުމަކުން ތެދުވާނެ ކަމަށް މަދަނީ އިއްތިހާދުން ބުނެފިއެވެ.
މިރޭ ސޯޝަލް ސެންޓަރުގައި މަދަނީ އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ސާކް ސަމިޓާ ގުޅުވައިގެން ކަމަށް ބުނެ ރާއްޖޭގައި ބެހެއްޓި ބުދުތަކާއި، ކާފަރުންގެ ޝިއާރުތަކާއި އަދި ކީރިތި ޤުރުއާނުގެ ޙުކުމްތައް ބާޠިލުކުރުމަށް ރާއްޖޭގައި ބަޔަކުމީހުން ރާވަމުން ގެންދާތީ އެކަމާ ދެކޮޅަށް ތެދުވުމަށް ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ގޮވާލާފައެވެ.
އަދި ބުދުތައް މިހާރުން މިހާރަށް ނެގުމަށާއި، ބައެއްގެ އަމިއްލަ އެދުންތަކަށްޓަކައި ބޭރު ދުނިޔެއާއި ރާއްޖޭގެ ގުޅުން ޤުރުބާން ނުކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާފައިވެއެވެ.
މިއަންނަ ޑިސެމްބަރު 23 ގައި މުޅި ރާއްޖޭގައި ބޮޑުވެގެންވާ ޙަރަކާތެއް ކޮޅަށްޖަހާނެ ކަމަށާއި އިސްލާމްދީނަށް ލޯބިހުރި މީހަކުވިއްޔާ މިޙަރަކާތުގައި ބައިވެރިވުމަށް މަދަނީ އިއްތިހާދުން ގޮވާލާފައިވެއެވެ. މިޙަރަކާތަކީ މަދަނީ އިއްތިހާދުން މީގެކުރިން ބާއްވާފައިވާ މުޒާހަރާތަކާ ޚިލާފު ވަރުގަދަ މުޒާހަރާއެއް ކަމުގައި އިންޝާﷲ ވާނެކަމަށް އިއްތިހާދުން ބުންޏެވެ.
މި ބައްދަލުވުމުގައި ބައިވެރިވެލެއްވި ފަރާތްތަކުގެ ތެރޭގައި ޓީޗާސް އެސޯސިއޭޝަން، މުސްލިމުންގެ ގުޅުން އަދި ޖަމްޢިއްޔަތުއްސަލަފް ފަދަ ފަރާތްތައް ހިމެނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...