ދިއިސްލާމް މިއަހަރުގެ ޙައްޖު ދަރުސްތަކުގެ ޑީވީޑީ ޙައްޖުވެރިންނަށް ފޯރުކޮށްދީފި

މިއަހަރުގެ ޙައްޖު ދަރުސްތަކުގެ ޑީވީޑީ ޙައްޖުވެރިންނަށް ފޯރުކޮށްދީފި

މިއަހަރުގެ ޙައްޖު ދަރުސްތަކުގެ ޑީވީޑީ ޙައްޖުވެރިންނަށް ފޯރުކޮށްދީފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

މިއަހަރުގެ ޙައްޖަށް ދިޔަ ދިވެހިންގެ ބަޔަކު މައްކާގައި – ދިއިސްލާމް ފައިލް ފޮޓޯ

މިއަހަރުގެ ޙައްޖުގެ އަޅުކަމުގެ ތެރޭގައި އަލްޚައިރު އަދި އަލްބަޓްރޮސް ޖަމާޢަތުގެ ފަރާތުން ދީފައިވާ ދީނީ ދަރުސްތައް ހިމެނޭ އޯޑިއޯ ޑީވީޑީ އެ ދެޖަމާޢަތުން ޙައްޖަށް ވަޑައިގެންނެވި ބޭފުޅުންނަށް އެފަރާތުން ފޯރުކޮށްދީފިއެވެ.

މި ޑީވީޑީގައި އެ ދެޖަމާޢަތުގެ ފަރާތުން މިފަހަރު ޙައްޖަށް ވަޑައިގެންނެވި އައްޝައިޚް އަޙްމަދު ސަމީރު މައްކާ އާއި، މިނާގައި އަދި ޢަރަފާތު ބިމުގައި ދެއްވި އަގުހުރި ދަރުސްތައް ހިމެނެއެވެ. އަދި މަދީނާ އިސްލާމިކް ޔުނިވާސިޓީގައި ކިޔަވާ ވިދާޅުވަމުން ގެންދަވާ ބައެއް ބޭފުޅުން ދެއްވާފައިވާ މުހިއްމު ބައެއް ދަރުސްތައް ހިމެނެއެވެ. މީގެ އިތުރުން އެޔުނިވާސިޓީގެ ދިވެހި ދަރިވަރުންނާއި، ރޭޑިއޯ އެޓޯލް ގުޅިގެންން ގެނެސްދޭ "އަނެއް ފިކުރު" ޕްރޮގްރާމަށް މިނާގައި ތައްޔާރުކޮށްފައިވާ "ޙައްޖުގެ ޚާއްޞަ ޕްރޮގްރާމް" ވެސް މިޑީވީޑީގައި ހިމެނެއެވެ.

ޑީވީޑީގައި އެކުލެވޭ ދަރުސްތަކުގެ މައިގަނޑު މައުޟޫއުތަކުގެ ތެރޭގައި އިސްލާމްކަން އީމާންކަން ޞައްޙަވާ ތައުހީދު، އިސްލާމްކަމާ އީމާންކަން ނަފީކޮށް ބާޠިލްކޮށްލާ ޝިރުކު (މުޖުތަމަޢުގައި ހުރި ޝިރުކުގެ އެކިއެކި ކަންތައްތައް އަދި ސާކް ސަމިޓަށް ބެހެއްޓުނު ބުދުތަކުގެ ވާހަކަ، ޢީސާގެފާނަށް ނިސްބަތްކޮށް ކުރެހި ސޫރައިގެ މައްސަލަ)،  ނަމާދު، ޙައްޖު، ސުވަރުގެ އާއި ނަރަކަ އަދި ތަޤްވާވެރިކަން ހިމެނެއެވެ.

މީގެ އިތުރުން، މައިންބަފައިންނަށް ހެޔޮކޮށްހިތުން، ހެނދުނާއި ހަވީރުގެ ޛިކުރުތަކުގެ މުހިއްމުކަން، ސުވާލާއި ޖަވާބު، އަދި ޙައްޖު ދުވަހުގެ ޚާއްޞަ ދަރުސް ފަދަ މައުޟޫއުތައް މި ޑީވީޑީގައި ހިމެނެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެފަރާތުން މިހުރިހާ ދަރުސްތައް ސީޑީއެއްގެ ގޮތުގައި ތައްޔާރުކޮށް ޙައްޖުވެރިންނަށް ފޯރުކޮށްދިނީ، ޙައްޖުވެރިންގެ ފަރާތުން ދަރުސްތަކަށް ލިބުނު ސަމާލުކަމުގެ ސަބަބުންނާއި، ގިނަ ބޭފުޅުން އެދަރުސްތަކުގެ ރެކޯޑިންގ ހޯދުމަށް އެދިފައިވުމުންނެވެ.

މިދަރުސްތަކުގެ ރެކޯޑިންގ ބޭނުންވެ ވަޑައިގަންނަވާ ބޭފުޅުން، އަލްޚައިރު ޖަމާޢަތާ ގުޅުއްވައިގެން ނުވަތަ އެޖަމާޢަތުގެ އޮފީހަށް ވަޑައިގަތުމުން، މި ޑީވީޑީގެ ކޮޕީއެއް ހިލޭ ލިބޭނޭ ގޮތް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ޓެގް

ޙައްޖު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.