ދިއިސްލާމް " އޮކިއުޕައި ވޯލް ސްރީޓް" މުޒާހަރާގެ 400 ބައިވެރިން ފުލުހުން ހައްޔަރުކޮއްފި

" އޮކިއުޕައި ވޯލް ސްރީޓް" މުޒާހަރާގެ 400 ބައިވެރިން ފުލުހުން ހައްޔަރުކޮއްފި

" އޮކިއުޕައި ވޯލް ސްރީޓް" މުޒާހަރާގެ 400 ބައިވެރިން ފުލުހުން ހައްޔަރުކޮއްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މުޒާހަރާގެ ބައިވެރިއަކު ހައްޔަރު ކޮށްގެން ގެންދާއިރު އޭނާގެ ބޮލުން ލޭ ފައިބަނީ...

 

"އޮކިއުޕައި ވޯލް ސްރީޓް" މުޒާހަރާއަށް 2 މަސް ފުރުމުން ފާހަގަ ކުރަމުން ދިޔަ މީހުންގެ ތެރޭއިން 400 މީހުން ފުހުން ހައްޔަރު ކޮށްފިއެވެ.

އޮކިޕައިގެ މުޒާހަރާގެ ޕްރޮގުރާމްތަކުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހު ކުރިއަށްދިޔަ މިޙަރަކާތް ފަށައި ފައިވަނީ ޒުއްކޮޓި ޕާރކް ކައިރިންނެވެ. އަދި ފުލުހުން ވަނީ މިކަމަށް ހުރަސްއަޅާއި މީހުން ހައްޔަރުކޮށް އަދި އެމީހުންގެ ޓެންޓްތަށް ވެސް ވައްޓާލާފައެވެ. އަދި މީގެ 2 ދުވަސް ކުރިން 500 މީހުން ހައްޔަރުކޮށްފައިވާއިރު މުޒާހަރާގެ ބައިވެރިން ފަހުން ވަނީ ނިއުޔޯކް ސިޓީގެ ބިމުގެ އަޑިންވާ މަގުތަކުގައި އާއި އަދި ބިރިޒް ތަކުގެ މަތިން މަޒާހަރާ ކޮށްފައެވެ. ފުލުހުންވަނީ މި މުޒަހަރާތަކާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އޮކިއުޕައި ވޯލް ސްޓްރީޓް މުޒާހަރާ އަކީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 17  ވަނަ ދުވަހު ފެށުނު މުޒާހަރާއެކެވެ. މިމުޒާހަރާ ކުރިއަށް ގެންދަނީ މައިގަނޑުގޮތެއް ކަރަޕްޝަނާއި ފަޤީރުކަމާއި، ވަޒީފާ ނެތުމާއި، ހަނގުރާމަ އަދި ވިޔަފާރީގެ މައްސަލަތަކުގެ މައްޗަށެވެ. މިހާތަނަށް ފުލުހުން ވަނީ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފައެވެ. އަދި މިމުޒާހަރާތަށް ވަނީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ފެތުރިފައެވެ.

 

ކުރިއަށް އޮތް ދުވަސްތަކުގައިވެސް މިމުޒާހަރާތައް ކުރިއަށްދާނެކަމަށް މުޒާހަރާގެ ބައިވެރިން ބުނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.