ދިއިސްލާމް "ލާދީނީ ކަންކަން" މިސަރުކާރުން ފަތުރާ ކަމަށް ބުނެ މާލޭގައި މުޒާހަރާ ކޮށްފި!

"ލާދީނީ ކަންކަން" މިސަރުކާރުން ފަތުރާ ކަމަށް ބުނެ މާލޭގައި މުޒާހަރާ ކޮށްފި!

"ލާދީނީ ކަންކަން" މިސަރުކާރުން ފަތުރާ ކަމަށް ބުނެ މާލޭގައި މުޒާހަރާ ކޮށްފި!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ބުދުތައް މުގުރައިލުމަށް ގޮވާލައި ބަޔަކު މީހުން މުޒާހަރާ ކުރަނީ: - ފޮޓޯ: ސަން

 

"ލާދީނީ ކަންކަން" މިސަރުކާރުން ފަތުރާ ކަމަށް ބުނެ މާލޭގައި މުޒާހަރާ ކޮށްފިއެވެ..

 

މިރޭ 9.30 ގައި އާރޓިފިޝަލް ބީޗުން ފެށިމުޒާހަރާ މަޖީދީމަގުގައި ކުރިއަށް ގެންގޮސްފައިވާއިރު މިއީ ވަކި ޕާޓީއަކުން ކުރާ މުޒާހާރާއެއް ނޫންކަމަށް މުޒާހަރާގެ ބައެއް ބައިވެރިން މައުލޫމާތުދެއެވެ. އެހެނަސް ބައެއް ފަރާތްތަކުން ބުނާގޮތުގައި މިއީ 'ޕީޕީއެމް'އިން ކުރާ މުޒާހަރާއެކެވެ. އެއީ މިމުޒާހަރާގައި ޕީޕީއެމްގެ މޫނުތައް ބައިވެރިވާތީކަމަށް ބެލެވެއެވެ. މުޒާހަރާގެ ބައިވެރިންގެ ތެރޭގައި ހުރިހާ އުމުރުފުރައެއްގެ ދެޖިންސްގެ މީހުން ބައިވެރިވާއިރު އެންމެންވެސް ގޮވަމުންދަނީ މިސަރުކާރުން ހިންގަމުންދާ ލާދީނީ ކަންކަން ވަގުތުން ވަގުތަށް ހުއްޓާލުމަށެވެ. އަދި އެމީހުންގެ ޝުއޫރުގައި ދާދިފަހުން އައްޑޫގައި ބެހެއްޓި ބުދުތަކަށް އިޝާރާތް ކުރެއެވެ.

މުޒާހަރާގެ ބައިވެރިން ހަރުއަޑުން ގޮވަމުން ދިޔައީ "ބުދުތައް ފުނޑާލާ، އިސްލާމް ދީން ހިމާޔަތް ކުރޭ." މިފަދައިންނެވެ. މުޒާހަރާ ކުރާ މީހުން ގޮވަމުން ދިޔައީ "ސަރުކާރުން އައްޑޫގައި ބަހައްޓާފައިވާ ބުދުތަކާ ބެހޭ ގޮތުން ވަކި އެއްޗެއް އަންގަންދެން މުޒާހަރާ ކުރިއަށް ގެންދާނެ.'ކަމަށެވެ. "ﷲ އަކްބަރު" ކިޔަމުން މާލޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ކޮށްފައިވާއިރު ގިނަ ބަޔަކު މިމުޒާހަރާއަށް ވަކި ހިސާބަކުން ވަނީ ގުޅިފައެވެ.

 

މުޒާހަރާ ރޫޅާލީ މުލިޔާގެއާއި ދިމާއަށް މިސްރާބު ޖެހުމުން ފުލުހުންވަނީ މުޒާހަރާ ރޫޅާލާފައެވެ. މުޒާހަރާގައި ބައިވެރިވި ބައެއް މީހުން ހައްޔަރު ކޮށްފައިވާއިރު އޭގެ ތެރޭގައި އަންހެނުންވެސް ހިމެނޭކަމަށްޚަބަރު ލިބެއެވެ. މުޒާހަރާ ނިންމާލާފައިވަނީ ގާތްގަޑަކަށް 11.45 ގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.