ދިއިސްލާމް "އިމްތިހާނުގެ ވަގުތުގައި މީހުން އެނގިގެން ދާނެ": ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް

"އިމްތިހާނުގެ ވަގުތުގައި މީހުން އެނގިގެން ދާނެ": ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް

"އިމްތިހާނުގެ ވަގުތުގައި މީހުން އެނގިގެން ދާނެ": ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

"އިމްތިހާނުގެ ވަގުތުގައި މީހުން އެނގިގެން ދާނެ." ކަމަށް ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.

 

ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް  މިފަދައިން ވިދާޅުވީ މިދިޔަ ބުރާސްފަތިދުވަހުގެރޭ "މުސްލިމުންގެ ގުޅުން" ޖަމްޢިއްޔާގެ ފަރާތުން ބަންޑާރަމިސްކިތުގައި ދެއްވި ދަރުސެއްގައި ވާހަކަ ދައްކަވަމުންނެވެ. ޝެއިޚް ވިދާޅުވިގޮތުގައި "އިމްތިހާނުގެ ވަގުތުގައި މީހުން އެނގިގެން ދާނެ. ހަނގުރާމައާއި ޖިހާދުގެ ވަގުތުގައި މުނާފިގުންނާއި މުއުމިނުން ވަކިވެގެންދާނެ." ކަމަށެވެ. އަދި ޝެއޚް އިތުރަށް ވިދާޅުވީ   "އެމީހަކު ތާއީދުކުރާނެ ސިޔާސީ ވިސްނުމަކަށް ތާއީދު ކުރުމަކީ ދީނީ ގޮތުން މަނާކަމެއްކަމުގައެއް ނުވާނެ. އެހެންނަމަވެސް ދީނާ ޚިލާފު އެއްވެސް ގޮތެއް އަޅުގަނޑުމެންގެ ތެރެއަށް ވަންނާނެ އެއްވެސް ގޮތެއް.  އަޅުގަނޑު ނުދަންނަވަން ވަކި ކަމެއްގެ ވާހަކައެއް. އެހެންނަމަވެސް އެއްވެސް ކަމެއް އެއީ ދީނާ ޚިލާފުކަމެއްކަމުގައިވާނަމަ އަޅުގަނޑުމެން ސިޔާސީ ކަންކަން އެއްފަރާތްކޮށްފަ އެކަމާއި މެދުގައި ހައްލެއް އަޅުގަނޑުމެން ހޯދަންޖެހޭނެ." ކަމަށެވެ.

 

ފަހަކަށް އައިސް ރާއްޖޭގައި ފެތުރެމުންދާ ލާދީނީ ކަންކަމުގައި 'ސިޔާސީ' ފިކުރުގެ ސަބަބުން ތިމާގެ ފިކުރު ބަދަލުކުރަމުން ދާ މީހުން ގިނަވެފައިވާ މިދަނޑިވަޅުގައި ޝެއިހްގެ ދަރުސްގައި އަޅުގަނޑުމެންގެތެރެއަށް އަންނަމުންދާ ލާދީނީ ފިކުރުތަކަށް ވަރަށްބޮޑަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދެއްކެވިއެވެ.

'މުސްލިމުންގެ ގުޅުން' ޖަމްޢިއްޔާގެފަރާތުން ކޮންމެ ބުރާސްފަތުދުވަހެއްގެރޭ ބަންޑާރަމިސްކިތުގައި ދަރުސްދިނުމުގެ ޕްރޮގްރާމް ކުރިއަށްގެންދެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.